ރަހީނުކުރި 13 އަހަރުގެ ކުއްޖާ ހޯދައިފި

ހުޅުމާލޭއިން ރޭގެ ވަގުތެއްގައި ރަހީނު ކުރި 13 އަހަރުގެ ކުއްޖާ ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، ކުއްޖަކު ރަހީނު ކުރި ކަމުގެ ރިޕޯޓް ރޭ ދަންވަރު 12:50 ހާއިރުލިބިފައިވާ ކަމަށެވެ. އަދި ރަހީނު ކުރި ކުއްޖާ ހެނދުނު 6:17ގައި ފެނިފައިވާ ކަމަށް ފުލުުހުން ވިދާޅުވިއެވެ.
މައުލޫމާތު އެނގޭ ފަރާތަކުން "ދެން"އަށް ބުނެފައި ވަނީ، ކުއްޖާ ރަހީނުކޮށްފައި ވަނީ އެ ކުއްޖާގެ އާއިލާގެ މީހަކު އެހެން މީހަކަށް ދޭންޖެހޭ ފައިސާތަކެއް ނުދީގެންނެވެ. އަދި ކުއްޖާ ރަހީނުކޮށްފައި ވަނީ ރޭ 10 ޖަހާ ކަންހާއިރުއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.