Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އޭޝިއާ

އިންޑިއާގެ ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި ރޯވެ، އަލަށް އުފަންވި ހަތަރު ކުދިން މަރުވެއްޖެ

އިންޑިއާގެ ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި ރޯވެ، އަލަށް އުފަންވި ހަތަރު ކުދިން މަރުވެއްޖެ

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ މަދްޔަ ޕްރަދޭޝްގެ ހޮސްޕިޓަލެއްގެ ނިއޯނޭޓަލް ވޯޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އަލަށް އުފަންވި ހަތަރު ކުދިން މަރުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ބޯޕާލްގެ ކަމްލާ ނެހްރޫ ޗިލްޑްރެންސް ހޮސްޕިޓަލުގައި ހިނގި މި އަލިފާނުގެ ހާދިސާގައި ހަތަރު ކުދިން މަރުވިއިރު،އެ ވަގުތު ފަރުވާ ދެމުން ދިޔަ އިތުރު 36 ތުއްތު ކުދިން ފަޔަރ ފައިޓަރުން ވަނީ ސަލާމަތްކޮށްދީފައެވެ.

އަލިފާން ރޯވާން ދިމާވި ސަބަބު އަދިވެސް ދެނެގަނެވިފައި ނުވި ނަމަވެސް އޮފިޝަލުން ވިދާޅުވާ ގޮތުގައި އިލެކްޓްރިކަލް ޝޯޓް ސާކިޓެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

Advertisement
Ooredoo — Square (box)

އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 400،000 ރުޕީސް (5400 ޑޮލަރު) ދިނުމަށް އެ ޤައުމުގެ ސްޓޭޓް ސަރުކާރުން ވަނީ ނިންމައިފައެވެ.

ރޭ ދަންވަރު ހިނގި މި އަލިފާނުގެ ހާދިސާގައި ހިނގި ވަގުތު، އެންއައިސީޔޫ ތިބި ތުއްތު ކުދިންގެ މައިންބަފައިން އެކުދިން ސަލާމަތް ކުރުމަށް ހޮސްޕިޓަލުގެ ތެރެއަށް ދާން މަސައްކަތް ކޮށްފައިވެއެވެ. އަދި މިކަމުގެ ތެރޭގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ހޮސްޕިޓަލުގެ ސެކިއުރިޓީންނަށާއި ބައެއް އާއްމުންނަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

މި  އަލިފާންގަނޑު ނިއްވައިލާން ތިން ގަޑިއިރު ނެގިއެވެ.

އިންޑިއާގައި ހޮސްޕިޓަލުތަކުގައި އަލިފާނުގެ ހާދިސާތައް އާއްމުކޮށް ހިނގައެވެ. އެއީ ސަލާމަތީ މިންގަނޑުތަކަށް އަމަލު ނުކުރާތީއެވެ. މިދިޔަ އާދީއްތަ ދުވަހު ވެސް މަހަރާޝްތްރާ ސްޓޭޓުގެ ހޮސްޕިޓަލެއްގެ ކޮވިޑު އައިސީޔޫގައި ތިބި 11 މީހުން ވަނީ އަލިފާނުގެ ހާދިސާއެއްގައި މަރުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް