ޚަބަރު

ރުކުން ވެއްޓުނު ޒުވާނާގެ މައިބަދައިގައި ރެނދުލައި މޭކަށިގަނޑަށް ވެސް ސީރިއަސް އަނިޔާތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފ. ނިލަންދޫން އިއްޔެ ރުކަކުން ވެއްްޓި އަނިޔާ ލިބުނު ޒުވާނާގެ މައިބަދައިގައި ވެސް ރެނދުލައިފައިވާ ކަމަށާއި މޭކަށިގަނޑުގެ ދެތަނަކުން ވެސް ބިންދައިގެން ގޮސްފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފިއެވެ.

Ads by STELCO

މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 22 އަހަރުގެ އަހުމަދު އިރުފާނަށެވެ. އޭނާގެ އާއިލާއިން ބުނީ، ބިންދައިގެން ދިޔަ ފައިގެ އޮޕަރޭޝަންތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އެތެރެ ހައްޓަށް ވެސް ބޮޑެތި ޒަހަމްތަކެއް ވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

"މިހާތަނަށް އޭނާގެ ވަރަށް ގިނަ ޓެސްޓުތައް ހަދައިފި. ބައެއް ޓެސްޓުތަކުގެ ނަތީޖާއިން ބުނާ ގޮތުން މައިބަދައިން ބަދައެއްގައި ވަނީ ރެނދުލައިފައި. މޭ ކަށިގަނޑުގެ ދެ ތަނުން ބިންދައިގެން ދިޔަ'" އާއިލާގެ މެންބަރަކު ބުނެފައިވެއެވެ.

އިރުފާނު ވެއްޓުނީ ދިގުމިނުގައި ގާތްގަނޑަކަށް 50 ފޫޓު ހުރި ރުކަކުންނެވެ. މި ހާދިސާގައި އިރުފާނުގެ އެއްފައި ބިންދައިގެން ދިޔުމުގެ އިތުރުން މޫނުމަތީގެ ވަރަށް ގިނަ ތަންތަން ވެސް ވަނީ މަށައިގެން ގޮސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!