ލަދު ހަޔާތުގެ ކަންފުޅެއް ވެސް ރޮޒައިނާގެ ނެތް، ފަޟީހަތް ކުރަން ޖެހިދާނެ: ޠޯރިގު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި އެ ޕާޓީގެ ތްރީ ލައިން ވިޕާ ޚިލާފަށް އޭރުގެ ސަރުކާރުން ހުށަހެޅޭ ބިލުތަކަށް މަޖިލީހުގައި ވޯޓު ދެއްވައިފައި، މިއަދު ރައީސް ޔާމީންގެ ގެކޮޅުގެ ވާހަކަ ދައްކަވަނީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތުމުންކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠޯރިގު ވިދާޅުވެއްޖެއެވެ.
އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވަނީ ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ކުރުމަށް ބޭނުންވާ ޚަރަދު ރައީސް ޔާމީންގެ ގެކޮޅު ވިއްކައިލައިގެން ހަމަޖެއްސުމަށް ގޮވައިލައްވައި އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރޮޒައިނާގެ މިވާހަކަތަކަށް ރައްދު ދެއްވަމުން މިއަދު ޠޯރިގު ވިދާޅުވީ ކުރީ ސަރުކާރުގައި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކި ކުރުމަށާއި، ގާނޫނުތަކަށް އިސްލާހު ގެނައުމަށް އޭރުގެ ސަރުކާރުން ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުގައި މެމްބަރު ރޮޒައިނާ އެމްޑީޕީގެ ވިޕާ ޚިލާފަށް ވޯޓު ދެއްވި ކަމަށެވެ. އަދި އެހެން ،ކަން ކުރެއްވީ ކީއްވެގެންތޯ ސާފުކޮށްދެއްވުމަށް ފަހު ނޫނީ ރައީސް ޔާމީންގެ ވާހަކަ ނުދެއްކެވުމަށް ޠޯރިގު އެދިވަޑައިގެންނެވިއެވެ.
"ލަދު ހަޔާތުގެ ހަމަ ކަންފުޅެއް ވެސް ނެތީ. އަޅުގަނޑުމެން ވެސް މި ރައްޔިތުންގެ މަޖިލީހުގެ ތެރޭގަ ތިބީ. މިތާގަ ތިބި މެމްބަރުންގެ ތެރެއިން އިއްޒަތްތެރި މެމްބަރު ރޮޒައިނާ އާދަމަށް ވޯޓު ލެވުނު ގޮތްތައް އަޅުގަނޑުމެންނަށް ފެންނަން އެބައޮތް. މިއަދު އެސެޓް ރިކަވަރީ ކޮމިޝަނާ މިތަނުން ނެރޭ ރިޕޯޓުތަކުގައި ނަން ނެތަސް އަޅުގަނޑުމެން މިތިބީ ދުނިޔޭގަ ވާހަކަ ދެއްކޭ ހާލަތުގަ" ރޮޒައިނާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޠޯރިގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަ ދައްކާ ވަރަކަށް، އިދިކޮޅު މެމްބަރުންގެ އަނގައިގައި ހިފައި ދަމާ ނަމަ އިތުރު ވާހަކަ ވެސް ދައްކަން ޖެހިދާނެ ކަމަށެވެ. އަދި އޭރުން ރޮޒައިނާ ވާނީ ފަޟީހަތް ކަމަށް ޠޯރިގު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ގެކޮޅު ވިއްކައިލައިގެން ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމަން ރޮޒައިނާ ގޮވައިލެއްވުމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އިއްޔެ އަމާޒުވިއެވެ. ރޮޒައިނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒުގެ ވިޔަފާރިން ބައެއް ވިއްކާލައިގެން ހިޔާ ފްލެޓުގައި މުށި ޖެހުމަށް އިދިކޮޅުގައި ތިއްބެވި ބައެއް ބޭފުޅުން ގޮވައިލެއްވިއިރު ރޮޒައިނާއަށް ސަރުކާރުން ދީފައިވާ ފަޅު ރަށްތައް ވިއްކާލައިގެން އެމަސައްކަތް ކުރުމަށް ވެސް ބައެއް ބޭފުޅުން ގޮވައިލެއްވިއެވެ.
ފަޟީހަތް ނުކުރާތި. އެމަންޖެގެ ބައްޕަފަރާތު ކާފަ ހިތުގަ ޖެހޭނެ.
ނުކެރޭނެ ކުރާކަށް
ކޮން ފަޟީހަތެއް ކުރެވޭނީ ބޭލޭނީ އަމިއްލަ ސޯޓް ތޯރިޤޫ