Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ ފުލުސް މީހާއަށް ދައުވާކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ ފުލުސް މީހާއަށް ދައުވާކޮށްފި

އައްޑޫސިޓީ ހިތަދޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާގެ މައްޗަށް ދައުވާ ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވަ ނީ ފުވައްމުލަކު މާދަޑު، އޮމާން އަހުމަދު ނަޒްމީން (34އ.)ގެ މައްޗަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހުގެ ރޭ އޭނާ ހައްޔަރު ކުރީ ކުޑަކުއްޖަކު ރޭޕް ކުރި ކަމަށް ބުނުމުން ވެސް އެ މައްސަލަ ނުބަލާތީ، އައްޑޫސިޓީ ހިތަދޫގައި އާންމުން މުޒާހަރާ ކުރުމުންނެވެ.

ނަޒްމީނަށް ތުހުމަތުކުރި ޖިންސީ ގޯނާގެ މައްސަލައިގެ ތަހުގީގު ނިންމައި، ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމުން އެ އޮފީހުން ވަނީ މިދިޔަ ހޯމަ ދުވަހު އޭނާގެ މައްޗަށް ދައުވާކޮށް، މައްސަލަ ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅައިފައެވެ.

Advertisement
Allied — Dhen Online (box)

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކުރީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މި ކުށުގެ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް