ޚަބަރު

ކޮވިޑް ބަލީގައި އައްޑޫން އިތުރު މީހަކު ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އައްޑޫ ސިޓީގައި ކަރަންޓީނުގައި ހުރި އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނި ގޮތުގައި އެ މީހާ ނިޔާވެފައިވަނީ އައްޑޫ ސިޓީ މެޑިކަލް ފެސިލިޓީއަށް ގެނެސްފައި އޮއްވައެވެ.

މިއީ އައްޑޫން މި ބަލީގައި ނިޔާވި 11ވަނަ މީހާއެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި 246 ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!