Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ހުޅުމާލޭގައި ޤާއިމްކުރި އެމްއެންޑީއެފްގެ "ކަލާސީން ކޮށި" ހުޅުވައިފި

ހުޅުމާލޭގައި ޤާއިމްކުރި އެމްއެންޑީއެފްގެ "ކަލާސީން ކޮށި" ހުޅުވައިފި

އެމް.އެން.ޑީ.އެފްގެ ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުޅުމާލޭގައި ބޭނުންކުރަމުންދާ ބިމަށް "ކަލާސީނު ކޮށި"ގެ ނަން ދެއްވައި އެ ކޮށީގައި ޤާއިމް ކޮށްފައިވާ "މެރިޓައިމް ލޮޖިސްޓިކް މިނިސްޓްރީ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް
ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފްއާއި ޖެނެރަލް އޮފިސަރުންނާ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.

މިއަދު ހުޅުވުނު މެރިޓައިމް އެންޑް ލޮޖިސްޓިކް ބޭސްގެ މުހިންމު ތަންތަނުގެ ތެރޭގައި، ސްމޯލް ބޯޓް ރިޕެއަރ އެންޑް މެއިންޓެނަންސް ސެންޓަރ، ކޯސްޓްގާރޑް ސެކަންޑް ސްކޮޑް ސްކޮޑްރަން، ކޯސްޓްގާރޑް ޑައިވިންގ ޔުނިޓް އަދި ޓްރާންސްޕޯރޓް ސަރވިސްގެ ބޯޓް އޮޕަރޭޝަން ސެންޓަރ ހިމެނެއެވެ.

Advertisement
Allied Insurance — Square (box)

މެރިޓައިމް އެންޑް ލޮޖިސްޓިކް ބޭސްގައި ހިމެނޭ ގިނަ އިމާރާތްތަކަކީ، ކޮވިޑް 19ގެ ޕެންޑެމިކް ތެރޭގައި، މި ސަރވިސްތަކާ ގުޅުންހުރި ޔުނިޓްތަކުގެ ސިފައިން، ރައްޔިތުންނަށް ބޭނުންވި ޚިދުމަތްތައް ހުއްޓުމެއް ނެތި ފޯރުކޮށްދެމުން ކޮށްފައިވާ ބުރަ އަދި ބޮޑެތި މަސައްކަތްތަކެކެވެ.

މި އިމާރާތްތަކުގެ ޑިޒައިނިންގއިން ފެށިގެން އިންޓީރިޔާގެ ހުރިހާ މަސައްކަތްތަކަކީ ވެސް ސިފައިންގެ ހުނަރުވެރިކަން ދައްކައިދޭ މަސައްކަތްތަކެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް