Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ބަޖެޓަށް އިތުރު 7 މިލިއަން އިތުރުކުރަން ހުށައަޅަނީ

މަޖިލީހުގެ ބަޖެޓަށް އިތުރު 7 މިލިއަން އިތުރުކުރަން ހުށައަޅަނީ

އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅައިފައިވާ 191 މިލިއަން ރުފިޔާއަށް އިތުރު 7 މިލިއަން ރުފިޔާ އިތުރުކުރަން ބަޖެޓު ކޮމިޓީއަށް ހުށައެޅުމަން ނިންމައިފިއެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ މި ހުށައެޅުން ފާސްކޮށްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި އެ ކޮމިޓީގެ 26 ވަނަ ޖަލްސާގައެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުގައްރިރު، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވީ، މަޖިލީހުން ބަޖެޓުގައި ހިމަނަން ހުށަހެޅި 191 މިލިއަން ފިނޭންސުން އެޕްރޫވްކޮށްފައި ވީނަމަވެސް ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން މަޖިލީހުން ހުށަހެޅި ހަތް މިލިއަން ރުފިޔާ ފިނޭންސުން އަދި ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

މެމްބަރު ފާހަގަ ކުރެއްވި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރޭގައި ފާހަގަކޮށްފައި ވަނީ ކޮމިޓީ ރޫމްތަކަށް ބޭނުންވާ ވަސީލަތްތަކާއި އިމާރާތުގެ ލިފްޓުގެ ދަތިކަމާއި މިފަދަ ކަންކަމެވެ. އަދި މިވަގުތު މަޖިލިސް އިމާރާތަށް ލިފްޓުުގެ ދަތިކަމާއި ވަސީލަތްތަކުގެ ދަތިކަން ކުރިމަތި ވެފައި ވާކަމަށް ވެސް ކޮމިޓީގެ ބައްދަލުވުމުގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވަނީ ފާހަގަކުރައްވައިފައެވެ.

މިހުށައެޅުން ފާސްވެ ފިނޭންސް މިނިސްޓްރީން އެޕްރޫވަލް ލިބިއްޖެ ނަމަ މަޖިލީހުގެ ފުލް ބަޖެޓްގެ ޖުމްލަ 198 މިލިއަނަށް އަރާނެއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް