Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވެއްޖެ

ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވެއްޖެ

ދިވެހި އަދަބިއްޔާތަށާއި ފިލްމު އިންޑަސްޓްރީއަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވައިފައިވާ ކޮޕީ މުޙައްމަދު ރަޝީދަކީ ދިވެހިބަހާއި އަދަބިއްޔާތަށް، ޚާއްޞަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.

ދިވެހި ޅެން ހެދުމުގެ ރޮނގުން މުޙައްމަދު ރަޝީދަށް ވަނީ 2005ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement
Allied — Dhen Online (box)

އެނގިފައިވާ ގޮތުގައި ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ދާދި ފަހުން އެ މަނިކުފާނުގެ ސިއްޙީ ހާލުކޮޅު ވަރަށް ދެރަވި ކަމަށާއި އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އެ މަނިކުފާނަށް ފަރުވާ ދިން ކަމަށް ވެސް އެނގިފައިވެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް