ޚަބަރު ސިޔާސީ

ޕީޕީއެމް، ޕީއެންސީ ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއަކަށްވުމަށް އައު ލީޑަރޝިޕެއް ބޭނުންވޭ: އިކްރާމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޕީޕީއެމް އަދި ޕީއެންސީން ހަރުދަނާ އިދިކޮޅު ޕާޓީއެއް ގޮތުގައި އޮތުމަށް ހަރުދަނާ ލީޑަރޝިޕެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިކްރާމް ވިދާޅުވީ އިދިކޮޅުގެ ލީޑަރޝިޕް ހިނގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ދައްކަވާ ވާހަކަ ގަބޫލުކުރަައްވާ ފަރާތެއް ޕީޕީއެމް، ޕީއެންސީގެ އިސްސަފުގައި މިހާރު ނެތް ކަމަށެވެ.

"އަދުރޭ ދައްކާ ވާހަކަ ގަބޫލުކުރާނެ ބޭފުޅަކު ޕީޕީއެމް، ޕީއެންސީގެ އިސްސަފުގައި މިހާރަކު ނެތް. މައިގަނޑު ސަބަބަކީ، ވާހަކަތަކުގައި އެއްވެސް އަމާޒެއް މިސްރާބެއް ނެތުން. ޕީޕީއެމް، ޕީއެންސީ ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއަކަށް ވުމަށް އައު ލީޑަރޝިޕެއް ބޭނުންވޭ."  އިކްރާމް ވިދާޅުވިއެވެ.

އިކްރާމް މިހެން ވިދާޅުވީ ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށާއި ސަރުކާރަށް ފާޑުވިދާޅުވެ ޢަބްދުއްރަޙީމް ވާހަކަފުޅު ދައްކަވައިފައި ވަނިކޮށެވެ. މިގޮތުން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަޙީމް ވަނީ ސާފުތާހިރު ސަރުކާރެއްގެ ސިފަތަކަކީ ކޮބައިކަން މިސަރުކާރުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ ދަސްކޮށްދޭކަމަށާއި މި ސަރުކާރަކީ ސާފުތާހިރު ސަރުކާރަކަށްވީ ދައުލަތުގެ ހަޒާނާ އެއްކޮށް ހުސްކޮށްލެއްވީމައިތޯ އައްސަވައި ރައީސާ ސުވާލު ކުރައްވައިފައެވެ.

ޖުމްހޫރީ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ އެ މަނިކުފާނުގެ ސަރުކާރަކީ އެންމެ ސާފުތާހިރު ސަރުކާރު ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ޢިކްރާމް

    ކަލޯ ހަރުދަނާ ލީޑަރޝިޕެއް ބޭނުންވަނީ ތިޔަ އިންޑިޔާ ޕާޓީއަށް. !! އަހަރުމެންގެ ލީޑަރ އެ ހުންނެވީ އަދި ދުނީޔޭގަ!! ޕާޓީ ހިންގަނީ އެމަނިކުފާނުގެ އިރުޝާދުން! ޢެމަނިކުފާނަކީ ތައްލީމާއެކު ތަޖްރިބާ ލިބިފައި ހުރި ގާބިލް ބޭފުޅެއް! ޢެމަނިކުފާނުގެ 5 އަހަރުން ގެންނެވި ތަރައްގީގެ ފަސޭހަ އެމް ޑީޕީ މީހުން ތިޔަ ލިބި ގަންނަނީ!! ޢެތަންތަނުބް ފައިސާ އުފެއްދޭގޮތަށް ތަންތަން ހަދާފަ އެހެރީ!! މިހާރު ހުރި މަރުމޯލު ޚަހަލަ ނުކިޔަވާހުރި ތަންދޮރު ނުދަންނަ ރައީސެއް ނޫން އެއީކީ!! ޔާމީނަކީ ކޮންމެފަދަ ބާރު ގަދަ ގައުމެއް ގެ ކުރިމަތީގަވެަސް ނޫނެކޭ ބުނަން ކެރޭ އެގްރީމެންޓް ތައްވެަސް ކިޔަން އެނގޭ ރައީސެއް !! މިހާރު ހުރީ މުނާފިގެއް! ޢެމް ޑީ އެން ފަދަ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން ކައިރިއަށް ލައިގެން ވެރިކަން ކުރާ މުނާފިގެއް!!