ބޮލީވުޑް މުނިފޫހިފިލުވުން

ކޮވިޑް ތެރޭގައި ވިހެއުންވީ ކުރިމަތިވި ބިރުވެރިކަމަކަށް: އަނުޝްކާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިރިއުޅުމުގައި މިހައިތަަނަށް ކުރިމަތިވީ ކަންތައްތަކަށް ބަލާއިރު، ކޮވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި ބަލިވެއިނުމާއި ވިހެއުމަކީ ކުރިމަތިވި ވަރަށް ބޮޑު ބިރުވެރިކަމެއް ކަމަށް ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރްމާ ބުނެފިއެވެ.

Ads by Hajj Corporation

އަނުޝްކާއާއި އޭނާގެ ފިރިމީހާ ވިރާޓް ކޯލީއަށް ދަރިއަކު ލިބިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. ދަރިފުޅުގެ ބައެއް ފޮޓޯ މީސްމީޑިއާގައި އާންމުކޮށްފައިވީ ނަމަވެސް، ކޮންމެ ފޮޓޯއެއްގައި ވެސް އެ ކުއްޖާގެ މޫނު ހުންނަނީ ފޮރުވައިފައެވެ.

ދަރިފުޅު "ވަމިކާ"އާ ބެހޭގޮތުން ވާހަކަ ދައްކަމުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ބުނީ، މަޔަކަށް ވުމަކީ އޭނާއަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށާއި އެހެން ނަމަވެސް ކޮވިޑްގެ ދުވަސްވަރު ބަލިވެއިނދެ ވިހެއުން ވެސް ވެގެން ދިޔައީ ކުރިމަތިވި ބޮޑު ބިރެއް ކަމަށެވެ.

"ފުރަތަމަ ތިން މަހު އަހަރެން ވެސް އުޅެން ޖެހުނީ ވަރަށް ހާލުދެރަކޮށް. ރަނގަޅަށް ނުކެވޭ، ގައިގައި އެހާ ވަރެއް ނުހުރޭ. ހަދާނީ ކިހިނެއްކަމެއް ނޭނގުނު. ކޮވިޑްގެ ދުވަސްކޮޅު ވީމަ އަހަރެންގެ އާއިލާއާއި ރައްޓެހިންނަކަށް ވެސް ނާދެވުނު، ނާންނައްޗޭ ވެސް ބުނިން. ހުރިހާ ކަމެއްގައި އެހީވީ ވިރާޓް" އަނުޝްކާ ބުނެފައިވެއެވެ.

އަނުޝްކާ ބުނީ ހާލެ ދެރަވި ކަމުގައި ވިޔަސް އޭނާގެ ބަނޑުގައި އޮތް ދަރިފުޅާއި އޭނަގެ އަދި ވިރާޓްގެ ވެސް ރައްކާތެރިކަމަށް ވިސްނައިފައި ބޭރު ތެރެއިން އެއްވެސް އެހީއެއް ނުހޯދީ ކަމަށާއި ވިހަން ގޮސްފައި ވެސް އިތުރު މީހެއްގެ އެހީ ނުހޯދީ އެހެންވެ ކަމަށެވެ.

ނަމަވެސް ހުރިހާ ކަމެއްގައި ވެސް ވިރާޓް އެހީވި ކަމަށާއި އެންމެ ބޮޑު ހިތްވަރަކަށް ވީ ވެސް ފިރިމީހާކަމަށް އަނުޝްކާ ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!