40ފޫޓަށް ވުރެ ދިގު ބޮޑު މަހެއް އައްޑޫސިޓީ ހިތަދުއަށް ލައްގައިފި
އައްޑޫ ސިޓީ ހިތަދޫއަށް މަރުވެފައި އޮތް ބޮޑު މަހެއް ލައްގައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލަރު އިބްރާހިމް ޝިނާޒް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލައްގައިފައި ވަނީ "ސްޕާމް ވޭލެއް" ކަމަށެވެ.
"ދިގުމިނުގައި ހުންނާނީ ގާތްގަނޑަކަށް 40-45 ފޫޓު، އަދި ސީދާ ދިގުމިން ބަލައެއް ނުލެވޭ. އޭތި ވަރަށް ބޮޑަށް ކުނި ވެފައި އޮތީ، ވަސް ވެސް ދުވާ" ޝިނާޒް ވިދާޅުވިއެވެ.
ޝިނާޒް ވިދާޅުވީ، އެ ، ބޮޑު މަސް ވަޅުލުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފްއާއި ކައުންސިލު ގުޅިގެން ކުރަމުން އަންނަ ކަމަށާއި ވަޅުލަނީ އޭތި އޮތް ދިމާލުގައި (އީދިގަލު ސަރަހައްދުގައި) ކަމަށެވެ.
އައްޑޫ ސިޓީއަށް ބޮޑު މަސް ލައްގައިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:00 ޖެހި އިރު ކަމަށް ވެސް ޝިނާޒް ވިދާޅުވިއެވެ.
Ads by Allied Insurance