ޚަބަރު

ޑޯނިއާ މަތިންދާބޯޓާ އެކު ތިބޭ އިންޑިއާގެ ސިފައިންނަށް ޑިޕްލޮމެޓިކް އިމިޔުނިޓީ ލިބޭނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އަސްކަރީ ޑޯނިއާ މަތިންދާ ބޯޓު

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އަސްކަރީ ޑޯނިއާ މަތިންދާބޯޓާ އެކު ތިބޭ އިންޑިއާގެ ޓެކްނިކަލް ސްޓާފުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭނެކަން ހާމަވެއްޖެއެވެ.

Ads by MWSC

އިންޑިއާއާ އެކު ރާއްޖެއިން ހަދައިފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފައިވާ މައްސަލައާ ގުޅިގެން ރޭ އެ ކޮމިޓީއަށް އެމްއެންޑީއެފްގެ ބޭފުޅުން ވަނީ ހާޒިރުކޮށްފައެވެ. އެ ކޮމެޓީގައި ގިނަ ސުވާލުތަކެއް އެމްއެންޑީއެފްއަށް އަމާޒުވީ ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމާ ބެހޭ ގޮތުންނެވެ.

ބައްދަލުވުމުގައި އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިިރު ވިދާޅުވީ، ޑޯނިއާ ބެލެހެއްޓުމަށް ޓަކައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނަށް ޑިޕްލޮމެޓިކް އިމްތިޔާޒް ދީފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން ރާއްޖޭން ބޭރުވުމާއި އެތެރެވުމަށް ދިވެހި ސަރުކާރުގެ ހުއްދަ ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޑޯނިއާ ބެލެހެއްޓުމަށް ޓަކައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ހުރިހާ ޚަރަދެއް ވެސް ބަލަހައްޓަނީ އެ ގައުމުގެ ސަރުކާރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ޑޯނިއާ ދުއްވަން އިންޑިއާގެ 25 މީހުން ތިބޭނެ ކަމަށާއި ހެލިކޮޕްޓަރާ އެކު، ޖުމްލަ 75 މީހުން ރާއްޖޭގައި ތިބޭނެ ކަމަށެވެ.

ޑޯނިއާ އެގްރީމެންޓާ ބެހޭ ގޮތުން ހާމަކުރި އިތުރު މައުލޫމާތުތަކަށް ބަލާއިރު، އެމްއެންޑީއެފްގެ ހުއްދަ ނެތި އެއްވެސް ބޭނުމެއްގައި ބޯޓަށް އުދުހުމުގެ ފުރުސަތެއް ނެތްކަން ފާހަގަކޮށްލެވެއެވެ. އަދިބޯޓުތަކުގެ މަރާމާތާއި ތެލުގެ ހަރަދު ކުރަނީ އިންޑިއާއިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!