އެލާޓް ލެވަލް ހުދަށް ބަދަލުކޮށް މިރޭ 3 ޖަހަންދެންހއ އަތޮޅުން އދ އަތޮޅަށް ހުދު ސަމާލު
މިރޭ 10 ޖަހަންދެން ހއ. އަތޮޅުން އދ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައި އޮތް ރީނދޫ ސަމާލު، ހުދު ސަމާލަށް ބަދަލުކޮށް މިރޭ 3 ޖަހަންދެން މި ސަރަހައްދުގެ ސަމާލު ދަމަހައްޓައިފިއެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިރޭ ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތަށް ބަލާލާއިރު އުތުރާއި ދެކުނުގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.
އުތުރާއި މެދުރާއްޖެތެރެއަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލުގެ ބާރުމިނެއްގައި ކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ވެސް މެޓުން ލަފާކުރައްވައެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާލާއިރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑު ގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓުން ލަފާކުރައްވާ އިރު ރާޅުގެ އުސްމިން ހުންނާނީ 6 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓުން ވިދާޅުވެއެވެ.