Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ޞާލިޙް ޕޮލިޓެކަނިކަށް ޒިޔާރަތް ކުރައްވައިފި

ރައީސް ޞާލިޙް ޕޮލިޓެކަނިކަށް ޒިޔާރަތް ކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޕޮލިޓެކްނިކަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް ޞާލިޙް ޕޮލިޓެކްނިކަށް ކުރެއްވި ޒިޔާރާތުގައި އެތަނުގެ އިމާރާތް ބައްލަވާލައްވައި އެތަނުގެ ހިންގާ ކޯސްތަކާ ބެހޭ މައުލޫމާތު އޮޅުން ފިލުއްވާފައިވާ ކަމަށެވެ.

ރައީސްގެ މި ޒިޔާރަތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވެސް އަރިހުގައި ވަޑައިގެންނެވިއެވެ.

Advertisement
Ooredoo — Square (box)

ޕޮލިޓެކްނިކުން އަލަށް 15 ކޯހެއް ފެށިއިރު މި މުއްދަތުގައި ޖުމްލަ 574 ދަރިވަރަކު އެ ކޯސްތަކަށް ވަނީ ތަމްރީނު ކޮށްފައެވެ.

ޕޮލިޓެކްނިކުން ދަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ދެ ކޯހެއް ހިންގަމުންނެވެ.

މި މުއްދަތުގެ ތެރޭގައި 12 ރަށެއްގައި 32 ޕްރޮގުރާމެއް ހިންގަމުންދާ ކަމަށް ވެސް ޕޮލިޓެކްނިކުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް