މުނިފޫހިފިލުވުން

ރާޖް ކުންދްރާ އަނެއްކާ ވެސް މައްސަލައެއްގެ ތެރެއަށް، މިފަހަރު ޝިލްޕާ ވެސް ހިމެނޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝިލްޕާ ޝެޓީއާއި އޭނާގެ ފިރިމީހާ ރާޖް ކުންދްރާއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by Hajj Corporation

ބަރަހަނާ ވީޑިއޯ އުފެއްދިކަމުގެ ތުހުމަތުގައި މި އަހަރުގެ ޖޫން މަހު ޖަލަށްލީ ރާޖްއާއި އޭނަގެ އަންހެނުންނާ ދެކޮޅަށް މިދިޔަ އާދީއްތަ ދުވަހު ފުލުހުގައި މައްސަލަ ހުށަހަޅައިފައި ވަނީ މަކަރުން 1.51 ކްރޯޑް ރުޕީސް އެ ދެމަފިރިން ހޯދައިފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، މި މައްސަލަ ހުށަހަޅައިފައިއި ވަނީ ޕޫނޭގެ ޒުވާނެކެވެ. ނަމަވެސް އޭނާގެ ނަން ހާމަަ ކޮށްފައެއް ނުވެއެވެ. ޝިލްޕާއާއި ރާޖްގެ އިތުރުން ފެޝަން ޓީވީގެ އެމްޑީ ކާޝިފް ޚާންއާ ދެކޮޅަށް ވެސް އޭނާ ވަނީ މައްސަލަ ހުށަހަޅައިފައެވެ.

މުމްބާއިގެ ބާންޑްރާ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މި މައްސަލައިގެ ތަފްސީލުގައި ބުނެފައި ވަނީ، މިކަން ހިނގައިފައި ވަނީ 2014ވަނަ އަހަރުގައި ކަމަށެވެ.

މައްސަލަ ހުށަހެޅި މީހާ ބުނެފައިވަނީ ޝިލްޕާ، ރާޖް އަދި ކާޝިފް އޭނާ ގާތު ފިޓްނަސް ސްކީމަކަށް ފައިސާ އިންވެސްޓު ކުރަން ބުނި ކަމަށާއި އެކަމުން އޭނާއަށް ވަރަށް ފައިދާ ވާނެ ކަމަށް ވެސް އެމީހުން ބުނި ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ފައިދާއެއް ނުވި ކަމަށާއި އޭނާ އިންވެސްޓު ކުރި ފައިސާ އަނބުރާ ދޭން އެދުމުން އެކަން ވެސް ނުކޮށް އޭނާއަށް ބިރުދެއްކި ކަމަށް ވެސް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

މި މައްސަލައާ ބެހޭ ގޮތުން ޝިލްޕާ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ބުނީ، އޭނާގެ ނަން ކިލަނބު ކޮށްލަން ބަޔަކު ހުއްޓުމެއް ނެތި މަސައްކަތް ކުރާ ކަމަށާއި އޭނާއަށް ކޮށްފައި ވަނީ ދޮގު ތުހުމަތެއް ކަމަށެވެ. އަދި ހާދިސާ ހިނގި ކަމަށް ބުނެފައިވާ ދުވަސްކޮޅު، ޝިލްޕާ ކާޝިފްއާ އެކު ހެދި އެގްރިމެންޓު ވެސް އުވައިލައި، އެކުގައި މަސައްކަތް ކުރުން ވެސް ހުއްޓައިލި ކަމަށް ޝިލްޕާ ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!