ޚަބަރު

ފުރައިގެން ދިޔައީ ފުރައްސާރައަށް ކެތް ނުވެގެން: ބިދޭސީ ޓީޗަރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މަތިވެރީގެ މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ:މީސްމީޑިއާ

އއ. މަތިވެރި ސުކޫލުގައި އިނގިރޭސި ކިޔަވައިދޭ ޓީޗަރު ކުއްލި ގޮތަކަށް ފުރައިގެން ދިޔައީ ކުރިމަތިވި ފުރައްސާރައަށް ކެތް ނުވެގެން ކަމަށް އޭނާ ބުނެފިއެވެ.

Ads by Sosun Fihaara

ޖިނޫ ޖޭމްސް ނަމަކަށް ކިޔާ އިންޑިޔާގެ މި ޓީޗަރު މި ވަގުތު ހުރީ އިންޑިޔާގައެވެ. އޭނާ ބުނި ގޮތުގައި އޭނާ އިންޑިޔާއަށް ގޮސްފައި ވަނީ އޭނާއަށް ކުރިމަތިވި ފުރައްސާރައިގެ ސަބަބުން ކެތް ނުވެގެންނެވެ.

"މިއީ އަހަރެން ރާއްޖޭގައި އުޅޭތާ ފަސްވަނަ އަހަރު. މިދިޔަ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހު އަހަރެންގެ ފިރިމީހާ ރާއްޖެ އައީ ޓޫރިސްޓް ވިސާގައި. މިއީ އަހަރެންގެ ދެވަނަ ކައިވެނި. އަހަރެން އެއްވެސް މީހެއްގެ ގާތުގައި ނުބުނަން ވަރީގެ ވާހަކައެއް ވެސް އަދި ދެވަނަ ކައިވެނީގެ ވާހަކައެއް ވެސް. އަހަރެން ގަބޫލު ކުރާ ގޮތުގައި އެއީ ޕާރސަނަލް ކަންކަން" ޖިނޫ ބުންޏެވެ.

ޖިނޫ ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންގެ އަންހެން އޮފިސަރަކާއި ފިރިހެން އޮފިސަރަކު އޭނާ ދިރިއުޅޭ ގެއަށް ގޮސް އޭނާގެ ފިރިމީހާއާ ބެހޭ ގޮތުން ސުވާކުރިއެވެ.

"އެމީހުން އަހަރެންގެ ގެއަށް ގޮސް ފިރިމީހާ ދައްކާފައި ބުނަނީ މީ ކާކުހޭ؟ އަހަރެން ބުނިން އެއީ އަހަރެންގެ ފިރިމީހާއޭ. ދެން އެމީހުން ބުނީ ސީންއެއް ކްރިއޭޓް ނުކުރާށޭ. ކުޅިވަރު ކުޅެން ނޫޅޭށެ. ތިމަންނައަށް ވަރަށް ގިނަ އެއްޗެހި އަޑު އިވެއޭ. އަހަންނަކަށް ނޭނގުނު އޭނާ އެކީ ކީކޭކަމެއް ވެސް. އެކަމަކު އޭނާ ބުނި މީހަކު މައްސަލަ ޖެއްސީއޭ. އެއީ އަހަރެންގެ ފިރިމީހާއެއް ނޫނޭ ކިޔާފައި. އެކަމަކު އަހަރެންގެ އަތުގައި އޮތް ކައިވެނީގެ ސެޓުފިކެޓު ވެސް" ޖީނޫ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއަށް ފަހު އޭނާގެ ފިރިމީހާ ޓޫރިސްޓް ވިސާގައި އައިސް ހުރުމުން ޖީނޫއާ އެކު ނުހުރެވޭނެކަމަށް އޮފިޝަލުން ބުންޏެވެ. އެހެން ނަމަވެސް ނުހުރެވެން ވީ ސަބަބެއް ނެތް ކަމަށާއި އިމިގްރޭޝަން ކްލެއަރެންސް ލިބިފައިވާކަމަށް ވެސް އޮފިޝަލުން ކައިރި ތަކުރާރުކޮށް ބުނިކަމަށް އޭނާ ބުންޏެވެ.

"އޭގެ ފަހުން ހޮނިހިރު ދުވަހު ރަށު މީހުުންގެ ފަރާތުން އަހަންނަށް އެނގުނީ އަހަންނާ އެކުގައި މަސައްކަތް ކުރާ އިންޑިޔާގެ ފިރިހެން ޓީޗަރަކު އަހަރެންގެ ކުރީގެ ފިރިމީހާގެ ފޭސްބުކް އެކައުންޓް ބަލައިގެން އޭގައި ހުރި އަހަރެންގެ ކުރީގެ ފިރިމީހާއާއި ދަރިންނާ އެކު ކުރީގައި ނަގާފައި ހުރި ފޮޓޯތަކެއް ރަށު މީހުންނާއި އަހަރެންގެ ދަރިވަރުންނަށް ވެސް ދައްކާފައިވާކަން. އެޓީޗަރަކީ އެރޭ އަހަރެންގެ ގެއަށް އައި ދެ އޮފިޝަލުން ކުރެ އަންހެން އޮފިޝަލާއި ވަރަށް ގާތް އެކުވެރިއެއް. ހަގީގަތަށް ބުނަންޏާ އެއްވެސް ހެއްކެއް ނެތި އެމީހުން އައިސް އަހަރެންނާއި ފިރިމީހާއަށް "އިންސާލްޓް" ކުރީ" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެކަންތަކާ ހުރެ ސުކޫލު ޕްރިންސިޕަލްއާ އެ ރޭ އޭނާ ބައްދަލު ކުރި ކަމަށާއި ސުކޫލަށް ދިޔައީ ވެސް އޭނާގެ ފިރިމީހާއާ އެކުގައި ކަމަށްވެއެވެ.

"ޕްރިންސިޕަލެއްގެ ހައިސިއްޔަތުން އޭނާއަށް ބުނެވެން ޖެހޭނެކަމަށް އަހަރެން ގަބޫލު ކުރަނީ މި ބުނާ އިންޑިޔާ ޓީޗަރު ގާތު އެހެންމީހުންގެ އަމިއްލަ ކަންކަމާ ނުބެހެން. އެކަމަކު އެހެންނެއް ނުވި. އޭނާއަކަށް އަހަރެން ދެއްކި ވާހަކަތަކެއް ގަބޫލެއް ނުކުރެވުނު" ޖީނޫ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ ޕްރިންސިޕަލް ގާތު އެ ރަށުގައި ހުންނަން ބޭނުން ނުވާ ކަމަށް ބުނުމުން މަޑުކުރަން އެދުނުކަމަށާއި އެކަން ކުރަން އެއްބަސް ވެސް ވިކަމަށެވެ. ގެއަށް ދިޔަ ފަހުން ފުލުސް އޮފިސަރު މެސެޖްކޮށް ޖީނޫގެ ކައިވެނީގެ ސެޓުފިކެޓުގެ ސައްހަކަން ބެލުމަށް ކެރެލާ ޕޮލިސްއާ ގުޅަން މަސައްކަތް ކުރާކަމަށް ބުނި ކަމަށާއި އެކަން ކުރުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ވެސް ބުނިކަމަށް ޖީނޫ ބުންޏެވެ. އަދި އެ ރޭ ފިރިމީހާ އިންޑިޔާއަށް ދާން ޓިކެޓް ބުކްކުރިކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އެރޭ 10:30އާއި 11:00 ދޭތެރޭގައި އެމީހުންގެ ކައިވެނީގެ ސެޓުފިކެޓް ޑައުންލޯޑް ނުވިކަމަށް ބުނެ ޕްރިންސިޕަލް މެސެޖް ކުރިކަމަށާއި އޮފީހުން ސެޓްފިކެޓް ހޯދުމުން އޭގައިވާ ފޮޓޯއަކީ ސްޑޭޑަރޑް ސައިޒް ފޮޓޯއެއް ނޫންކަމަށް ޕްރިންސިޕަލް ބުނިކަމަށް ވެސް އޭނާ ބުންޏެވެ.

ޖީނޫ ބުނި ގޮތުގައި އޭނާގެ ފުރަތަމަ ކައިވެނި ރޫޅުނީ ވެސް އެކީގައި މަސައްކަތް ކުރި ޓީޗަރަކު ކުރީގެ ފިރިމީހާއަށް ގުޅައިފައި ދެއްކި ވާހަކަ ތަކެއްގެ ސަބަބުން ޖެހުނު މައްސަލަތަކެއްގައެވެ.

"އަހަރެން ފިލައިގެން އައީއެއް ނޫން. އަހަރެންގެ އަމިއްލަ އަބުރު ސަލާމަތް ކުރަން އައީ. އަހަރެންގެ ކިޔައިދިނުން ގޯސްވެގެން ކުއްޖެއް ވެސް ބެލެނިވެރިއެއް ވެސް މައްސަލައެއް ނުޖައްސާ. އެކަމަކު މިއަދު އަހަންނަށް އިހްތިރާމް ނުކުރީމަ ފުރައްސާރަ ކުރީމަ މިއައީ" ޖީނޫ ބުންޏެވެ.

ޖީނޫ ބުނިގޮތުގައި އަބުރުވެރި ކޮށް މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ނެތުމުން ވަޒީފާއިން އޭނާ ވަކިވީއެވެ.

ފުރައިގެން ދިޔުމުގެ ކުރިން ސުކޫލުގެ ޕްރިންސިޕަލް ހަސަން ހަމީދު އިބްރާހިމްއާ އެ ޓީޗަރު ބައްދަލުކޮށް މަގާމުން އިސްތިއުފާ ދޭން ބޭނުންވާކަމަށް ބުނެފައިވާ ކަމަށް "ދެން"އަށް މައުލޫމާތު ދެއްވަމުން މަތިވެރީ ސުކޫލުގެ ޕްރިންސިޕަލް އިއްޔެ ވަނީ ވިދާޅުވެފައެވެ.

"ދިޔުމުގެ ކުރީ ދުވަހުގެ ރޭގައި އަޅުގަނޑާ ބައްދަލު ކުރި. ކޮށްފައި ބުނީ ބޭނުމީ ރިޒައިން ކުރާށޭ. މުޖުތަމައުގެ ތެރޭގައި ކަންކަން ހުރި ގޮތުންނޭ ބުނީ. ދެން އަޅުގަނޑު ބުނިން ބިދޭސީ ޓީޗަރުންގެ ރިޒައިން ކަންކަން އޮންނަނީ މިހެން މިހެން ނޫންހޭ. 3 މަސް ކުރިން ޖެހޭނޭ އަންގަން. ދެން ޓާމް ނިމެން ވެސް މާ ގިނަ ދުވަހެއް ވެސް ނެތެއް ނޫންހޭ. ދެން އެހުރިހާ ކަމަކަށް އެއްބަސް ވެސް ވި ވަރަށް ރަނގަޅަށް އެރޭ ވާހަކަ ދެއްކީ ވެސް" އިއްޔެ ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވި ގޮތުގައި ޓީޗަރު ފުރައިގެން ދިޔަކަން އެނގުނީ ވެސް އަނެއް ދުވަހު ސުކޫލަށް ނުދިޔުމުންނެވެ.

Ads by Ooredoo
  1. އަހުމަދު

    އެހެން ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ވެސް އަނބިން، ފިރިން ނުވަތަ ދަރިން ގެނޭ ޓޫރިސްޓު ވިސާގަ. މީގެ ކުރިން ނުޖެހޭ މައްސަލައެއް ކުއްލިއަކަށް ނިކުންނާނީ ކަމެެއް ވެގެން

  2. ވަހީދު

    ފުރައިގެން ދަމުން އަންގާވެސް ނުލީމަ އެބަ އެނގޭ ގޯހެއ އުޅޭކަނ

  3. ިއަހުމަދު

    ވާނުވާ ނުބަލާ ދެންވެސް އަގަ ނުތަޅާ!
    މަތިވެރި ޕޮލިސް

  4. ނުބެހޭ ކަމެއް ނޯންނާނެ

    ބައެއް މީހުން ނުބެހޭ ކަމެއް ނޯންނާނެ. ފީކަޅާ ޕްރިންސިޕަލެއް. އަމިއްލަ މުވައްޒިފުން ދިފާއު ނުކުރެވޭ. ފީކަޅާ ފުލުހުން. ފުރައްސާރަ ކޮށް ޖެއްސުންނޫން ކަމެއް ކުރާކަށް ނޭނގޭ. ބަޔަކު ހަމަޖެހިލައިގެން އުޅޭތަން ފެނިއްޖިއްޔާ ކެތް ނުވާ ބައެއް.

  5. އެކުވެރިޔާ

    ފުރައިގެން ދިޔަ ޓީޗަރު ދިޔައީ ހަމަ ފުރައްްްްސާރަ ކުރާލެއް ގިނަވީމަ

  6. އަސްލު

    ކުއްލިއަކައް ފުރައިގެން ދިއުމުގަ ޓިޗަރުގެ މައްސަލައެއްއުޅޭކަމައް ބެލެވޭ

  7. ރަނގަޅު

    އަބުރާ، އިއްޒަތާ ބެހެންނާ ކޮއްމެމީހަކުވެސް ދާނެ ދޯ. ޢަދި އެހީތެރި ކަމެއް ލިބެން އޮތް ފަރާތަށް އެހީއަށް އެދިދިޔައިމަވެސް ވީކަމެއް ނެތް. ދެން އަނެއްކޮޅުން ޕޮލިސް، އަމިއްލަ ގައުމައްވެސް ނޫން، އެހެންވީމަ މައްސަލައެއް ނެތަސް ބިރުން ވެސް ދާނެ ދޯ