Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބްރިޖުމަތީގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު މީހަކަށް އަނިޔާވެއްޖެ

ބްރިޖުމަތީގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖު މަތީގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި މާބަނޑު މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެއާޕޯޓަށް ދެވޭ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓް ކައިރިން، މާލެއާ ވީ ކޮޅަށް ދުއްވައިފައި އައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން މިއަދު މެންދުރު 12:10 ހައިއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާގެ އެ ސައިކަލުގެ ފަހަތުގައި އިނީ އުމުރުން 18 އަހަރުގެ އަންހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށް އެމަޖެންސީގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ދެ މީހުން ތިބި ސައިކަލުގެ ކުރީ ފުރޮޅު ފަޅައިގެން ދިޔުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް