ޚަބަރު

އައްސަދަށް ފިޔަވަޅެއް ނާޅާނަން: މަޙްލޫފް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)އަށް ފިޔަވަޅެއް ނާޅާނެ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ، ރައްޔިތުންގެ މަޖިލީހަށް ޔޫތު މިނިސްޓަރު ހާޒިރުވުމުން، ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމް (ދޮންބިލެއް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ފުޓުބޯޅަ މެޗެއްގައި ހިނގާ ކަމަކާ ގުޅިގެން ޔޫތު މިނިސްޓްރީން ފިޔަވަޅު އަޅަން ޖެހުމަކީ ޖޯކަކަށް ވާނެ ކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭނީ އޭއެފްސީއާއި އެފްއޭއެމުން ކަމަށެވެ.

"އަޅުގަނޑަކަށް ވެސް އެ މަންޒަރު ރަނގަޅެއް ނޫން. އަޅުގަނޑު ދަންނަވަން ބޭނުން ވަނީ އަޅުގަނޑެއް އައްސަދު ކައިރީގައި ފުޓްބޯޅަ ކުޅުން ހުއްޓާލާކަަށް ނުބުނާނަން. އަޅުގަނޑަކަށް ނުބުނެވޭނެ. އަޅުގަނޑު އެފްއޭއެމްގައި އައްސަދު ގައުމީ ޓީމަށް ނުނަގާކަށް ވެސް ނަގާކަށް ވެސް ނުބުނާނަން. އެކަން ކުރާނީ ކޯޗު ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ" މިނިސްޓަރ މަހުލޫފް ވިދާޅުވިއެެވެ.

އަވައްޓެރި ޝްރީ ލަންކާގައި "ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުގެ އެންމެ ފަހު ވަގުތު ކުޅެން އެރުވި އަޑުބަރޭ ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީއަށް ވަރަށް އަނިޔާވެރި ގޮތަކަށް ހަމަލާ ދީފައެވެ.އެއާ އެކު އޭނާއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ބާލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!