ޚަބަރު އިޖުތިމާޢީ

50 އަހަރުން މަތީގެ މީހުންނަށް ވެކްސިންގެ ބޫސްޓަރ ޝޮޓް ޖަހަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ވެކްސިނުގެ ބޫސްޓަރ ޝޮޓް ޖަހަން ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެޗްޕީއޭއިން ވިދާޅުވިގޮތުގައި ބޫސްޓަރ ޝޮޓް ޖަހަނީ 50 އަހަރުން މަތީގެ މީހުން ތެރެއިން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި އިމިއުސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން މީހުންނަށް ކަމަށެވެ.

ކޮވިޑް-19 ވެކްސިނުގެ ތެރެއިން ކޮވިޝީލްޑް ވެކްސިން، ސިނޮފާމް ވެކްސިން އަދި ފައިޒަރ ވެކްސިނުގެ ދެވަނަ ޑޯޒް ޖަހައިފައިވާ މީހުންގެ ތެރެއިން ދެވަނަ ޑޯޒް ޖެހިތާ 6 މަސްވެފައިވާ އަދި ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ވެކްސިނުގެ ބޫސްޓަރ ޝޮޓް ޖަހަން ފަށާނެ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިގޮތުން ބޫސްޓަރ ޖަހާނީ ކޯވިޑް-19 ގެ އެއްވެސް ވެކްސިނެއް (ކޮމިޝީލްޑް7 އެސްޓްރަޒެނެކާ ސިނެފާރމް، ފައިޒަރ)ގެ 2 ވަނަ ޑޯޒް ޖެހިފަހުން 6 މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިނާއި 50 އަހަރުންމަތީގެ މީހުންގެ ތެރެއިން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި އިމިއުސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުންނާއި ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންގެ އިތުރުން ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުންނާއި ކެންސަރު ބަލީގެ ފަރުވާ ލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ނުވާ މީހުންނާއި އިސްކޮޅާ އަޅައި ބަލާއިރު ބަރުދަން މަތި މީހުންނާއި ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ މިތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ މީހުންނާއި ސީއޯ.ޕީ.ޑީ ،ބްރޮންކިއެކްޓަސިސް، ސިސްޓިކް ފައިބްރޯސިސް، އިންޓަރސްޓިޝިއަމް ލަންގް ޑިޒީޒް، ފަދަ ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުންނާއި ލިވަރ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުންނާއި ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ މީހުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުން އަދި ހިތުގެ ބަލިތަކަށް ފަރުވާ ކުރާ މީހުންނަށެވެ.

ވެކްސިނުގެ ބޫސްޓަރ ޝޮޓް ޖަހައިދެނީ އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުންނެވެ. އަދި ވެކްސިން ޖެހޭނީ ކުރިން އެޕޮއިންޓްމަންޓް ހައްދައިގެންނެވެ.

ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ކަމަށް ކަނޑައަޅައިފައިވާ ބޭސްތައް

Methotrexate, Leflunomide, Mycophenolate, Tacrolimus، Cyclophosphamide, Cyclosporine,Azathioprine and Biologics such as Rituximab, Tocilizumab, Infliximab, Tofacitini

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!