ޚަބަރު ސިޔާސީ

ބަތަލާ ޝިފާ ވެސް އެމްއެންޕީއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެކި ފިލްމުތަކުންނާއި ސީރީޒްތަކުން ފެންނަމުންދާ ބަތަލާ މަރިޔަމް ޝިފާ ވެސް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް ސޮއި ކޮށްފިއެވެ.

Ads by STELCO

ފިލްމީ ދާއިރާގެ އިތުރުން ޓިކްޓޮކްގައި ވެސް ހަރަކާތްތެރިވާ ޝިފާ އެމްއެންޕީއާ ގުޅިއްޖެކަން އިއުލާނު ކޮށްފައި ވަނީ އެ ޕާޓީގެ ޔޫތު ވިންގުގެ ފަރާތުން "ނޫކަށި ލޯންޖް"ގެ ނަމުގައި ޒުވާނުންނަށް ލޯންޖެއް ހުޅުވަން ބޭއްވި ރަސްމިއްޔާތަށް ފަހުގައެވެ. ނޫކަށި ލޯންޖް ހުޅުވައިދެއްވީ އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ރިޓަޔާޑް ކާނަލް މުޙައްމަދު ނާޒިމްއެވެ.

ނެށުމުގައި ވެސް ހަރަކާތްތެރިވާ ޝިފާއަކީ، އެމްއެންޕީގެ ނޫކަށި ލޯންޖް ހުޅުވުމަށް ފަހު އެ ޕާޓީއަށް ސޮއި ކުރި ފުރަތަމަ ޒުވާނާއެވެ. އޭނާ އެމްއެންޕީއަށް ސޮއި ކުރި ފޯމު ހަވާލު ކުރީ އެ ޕާޓީގެ ރައީސްއާއެވެ.

ނޫކަށި ލޯންޖަކީ ޒުވާނުން އެއްތަނަކުން ބައްދަލުވެ ޕްލޭ ސްޓޭޝަން، ރާޒުވާ އަދި ކެރަމް ފަދަ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ލޯންޖެކެވެ. މިތަން ހުޅުވާފައި ހުންނަނީ މާފަންނު ވެސްޓް ޕާކު ސަރަހައްދު ކައިރީގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!