Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެމްއެންޑީއެފް މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާ ކޮށްފި

އެމްއެންޑީއެފް މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާ ކޮށްފި

އެމްއެންޑީއެފް މީހަކު ރަހީނުކޮށް، އަނިޔާ ކޮށްފިއެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މާލޭ މަގުމަތިން ރޭ ސިފައިންގެ މީހަކު ހިފަހައްޓައި އޭނާގެ އަތުން ފައިސާ ހޯދުމަށް ރަހީނުކޮށް، ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވެއެވެ.

ރަހީނުކޮށް، އަނިޔާކޮށްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ޙަސަން ފަހީމަށް ކަމަށް މައުލޫމާތު ލިބެއެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އޭނާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ރޭ 11:30 ހާއިރު ހިނގާފައި ދަނިކޮށެވެ.

Advertisement
Ooredoo — Square (box)

ފަހީމްގެ އާއިލާއިން ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ، ގޯޅިގަނޑުން އޭނާ ދަނިކޮށް ދެ މީހަކު އޭނާ ހިފަހައްޓައިފައި އެދުނީ ފައިސާ ދޭން ކަމަށެވެ. ނަމަވެސް އެ ވަގުތު ފައިސާ ނެތުމުން ބެންކު ކާޑާއި، ޕިން ނަންބަރު ފަދަ މައުލޫމާތު ދޭން ބުނި ކަމަށް ވެސް ކިޔައިދީފައި ވެއެވެ.

އެ މައުލޫމާތު ވެސް ނުދިނުމުން އެތަނުން އެކަކު ގޮސް ފަހީމްގެ ކަރުގައި ހިފި ކަމަށާއި އިތުރު ބަޔަކު ވެސް ގޮސް އޭނާ ގައިގައި ތަޅައިގަނެ ހޭނައްތާލި ކަމަށް ވެސް ބުންޏެވެ.

އާއިލާއިން ބުނީ، ފަހީމް ގެންދިޔައީ ކޮޓަރިއަކަށް ކަމަށާއި ހެނދުނު ވަންދެން މުޅި ރޭ އޭނައަށް އަނިޔާ ކުރި ކަމަށެވެ. ފަހީމްގެ ގައިގައި އެއްޗަކުން ތަޅައިފައި ހުރި ކަމުގެ ނިޝާންތަކާއި، ސިނގިރޭޓު ބުރިއެއް ޖައްސައިފައި ހުރި ނިޝާން ފެންނަން ހުއްޓެވެ. މީގެ އިތުރުން ތޫނު އެއްޗަކުން ޒަހަމް ވެސް ކޮށްލައިފައިވެއެވެ.

މާސްކު އަޅައި މޫނު ނިވައި ކޮށްގެން ތިބި ހަތް މީހަކު ފަހީމަށް އަނިޔާ ކުރުމަށް ފަހު، މިއަދު ހެނދުނު އެމީހުން ވަނީ އައިޖީއެމްއެޗް ދޮރުމައްޗަށް ފަހީމް އެއްލައިލައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:55 ހާއިރު ލިބިފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް