Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ތުރުކީވިލާތުގެ ޖުމްހުރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ. ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޙިއްސާކުރެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރުކީވިލާތުގެ ރައީސް އުރްދުޣާނަށާއި، އެ މަނިކުފާނުގެ ސަރުކާރަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް، ދ

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތުރުކީވިލާތުން އެ ޤައުމުގެ ސިޔާދަތާއި، ތަރައްޤީ އަދި ޤައުމު ބިނާކުރުމުގެ އަސާސްތައް ދެމެހެއްޓުމުގައި ވޭތުވެދިޔަ ޤަރުނެއްހާ ދުވަހު ދައްކުވައިދީފައިވާ އެއްބައިވަންތަކަމާއި ވިލުންތެރިކަން ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާއިތުވި ތިން އަހަރުގެ ތެރޭގައި އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، އަންނަ މަހު އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31 ގެ ހައި-ލެވެލް ސެގްމެންޓްގެ ތެރެއިން ރައީސް އުރުދުޣާނާ ބައްދަލުކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު އައިފަހުން ތުރުކީއާ އެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. އެގޮތުން ރައީސް މުޢިއްޒު އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަސްކަރީ މަނަވަރެއް ހަދިޔާކުރުމާއި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކޮށް އަމަލުކުރަން ފެށުން ހިމެނެއެވެ.

ރާއްޖެއާއި ތުރުކީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 28 މެއި 1979 ގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް