ވައި ބާރުވެ ކަނޑުތައް ގަދަ ވެދާނެކަމުގެ އިންޒާރާ އެކު ބޮޑު ބަޔަކަށް ހުދު ސަމާލު

ވައި ބާރުވެ ކަނޑުތައް ގަދަ ވެދާނެ ކަމުގެ އިންޒާރާ އެކު ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައި ވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދު ތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 9:30އިން ހަވީރު 4:00އާ ހަމައަށެވެ.