Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސްޓެލްކޯގެ އެމްޑީއަށް އަނެއްކާ ވެސް ޝަރަފުވެރި އެވޯޑެއް!

ސްޓެލްކޯގެ އެމްޑީއަށް އަނެއްކާ ވެސް ޝަރަފުވެރި އެވޯޑެއް!

އޭޝިއާ ބައްރުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިވަޑައިގެންފިއެވެ.

މުޣުނީއަށް ލިބިވަޑައިގެންފައި ވަނީ "އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021"ގެ މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސް އެވޯޑެވެ. މިއީ ދިވެއްސަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.

ސްޓެލްކޯގެ އެމްޑީއަށް މި އެވޯޑް ލިބިވަޑައިގެންފައި ވަނީ ފާއިތުވެދިޔަ ތިން އަހަރު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން އެ ކުންފުންޏާއި، އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުންފުނި ކުރިއަރައިގެން ގޮސްފައިވާ ސްޕީޑާ ގުޅިގެންނެވެ. އެ ގޮތުން 2019ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ސްޓެލްކޯއަށް ލިބުމާއި، މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން"ގެ އެވޯޑް ވެސް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ކޮވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި ވެސް ސްޓެލްކޯގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމާއި މުވައްޒަފުންގެ ރައްކާތެރިކަމާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލްގުވާމީ މިންގަނޑެއް ކަމުގައިވާ އައި.އެސް.އޯ 9001:2015އަށް ސެޓިފައި ކުރުމާއި، ސްމާޓްމީޓަރާއި، ސްމާޓް ގްރިޑް ފަދަ ކުރިއަރައިފައިވާ ޓެކްނޮލޮޖީތައް އެ ކުންފުނިން ގެންދަނީ ބޭނުންކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް