Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގަމު ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އަންހެނަކު ނިޔާވެއްޖެ

ގަމު ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އަންހެނަކު ނިޔާވެއްޖެ

ލ. ގަމު ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި އަންހެނަކު ނިޔާވެއްޖެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑިޕިއުޓީ ސީއީއޯ މުހައްމަދު ޝިޔާމް ވިދާޅުވީ ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައި ސިޒޭރިއަން ހެދުމަށް ފަހު، ފަރުވާ ހޯދަމުން ދަނިކޮށެވެ.

Advertisement
HDC — Sidebar (box)

"އިއްޔެ ހެނދުނެ ބަނޑަށް ތަދުވާތީ ގެނައި ހޮސްޕިޓަލަށް. ގެނައި އިރު ވެސް ކުރިން ސިޒޭރިއަން ހެދި ލަކުނު ފަޅައިގެން ގޮސް ލޭ ފައިބަމުން ދިޔައީ. އެހެންވެ ދަރިފުޅު ނަގައިފައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ" ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑިޕިއުޓީ ސީއީއޯ ވިދާޅުވިއެވެ.

އަންހެން މީހާ ނިޔާވުމާ ގުޅިގެން އާއިލާގެ ފަރާތުން ހޮސްޕިޓަލަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ނިޔާވި އަންހެން މީހާގެ ނުވަ ކުދިން ދުނިޔޭގައި އެބަ ތިބި ކަމަށް ވެސް އެނގިފައިވެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް