ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

ޖެހިލުންވެފައިހުރެ ކުދި ފިޔަވަޅުތަކެއްގައި އައިސް ލޭތަކުގެ މެދުގައި ޚަބަރު ހުސްވެފައިއޮތް ޒުވާނާއަށް މުސްކާން ބަލައިލިއެވެ. އެއާއެކު އަނެއްކާވެސް އޭނާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ހިތަށް ވެރިވެފައި ބިރުވެރިކަން އެއްފަރާތްކޮށްލަމުން އަތްދަބަސް ތެރެއިން ފޯނު ނެގުމަށްފަހު އަވަސް އަވަހަށް އޭނާ މަސައްކަތްކުރާ ހޮސްޕިޓަލަށް ގުޅައިލިއެވެ. އަދި ވީހައިވެސް އަވަހަހަށް އެންބިއުލޭންސް ފޮނުވައި ދިނުމަށް ބުނަމުން ކުޑަކަކޫ މައްޗަށް އިނށީދެލުމަށްފަހު އެވަގުތު އޭނާއަށް ދެވެންއޮތް ފަރުވާއެއް އޮތްތޯ ޗެކް ކޮށްލިއެވެ. ހިނދުކޮޅެއްކުރިން އޭނާއަށް ކުރިމަތިވި ހާދިސާމަތިން މުސްކާން ހަނދާންނެތިފައިވާ ކަހަލައެވެ. އެޒުވާނާގެ އަތުގައި ހިފައިލުމާއެކު ވިންދު ހުރިތޯ އޭނާ ޗެކްކޮށްލީ ހާސްވެފައި އިނދެއެވެ.

Ads by STELCO

* * * * *

ނިދާފައި އޮތްވައި ހޮސްޕިޓަލުން ގުޅުމަށްފަހު ދިން ޚަބަރަކުން ކާއިލްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެމަރޖެންސީއެއް ކަމުން ވީހައިވެސް އަވަހަށް ހޮސްޕިޓަލަށް އައުމަށް ރިސެޕްޝަނުގައި އިން ކުއްޖާ އެދުނެވެ. ހާސްވީ ޕޭޝަންޓްގެ މައުލޫމާތު ހިއްސާ ކުރިއިރު ރުހައިމްގެ ނަން ބުނުމުންނެވެ. އެނދުން ތެދުވެވުނު ގޮތްވެސް އޭނާއަކަށް ނޭނގުނެވެ. ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އައިސް ރުހައިމްގެ ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު އޭނާއަށް މަރުހަބާކީ ކަނު އަނދިރިކަމެވެ. ހަމަހިމޭންކަމެވެ. ހިންދިރުވައިލުމާއެކު ކާއިލްއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ހިތުގެ ހިނގުން އަވަސްވެ މުޅި ނަފުސަށް ހާސްކަން ވެރިވީހިނދު އެންމެ ސިކުންތެއްވެސް ލަސްކޮށްލުމެއްނެތި ކާއިލް ދުއްވައިގަތީ ވީހައިވެސް އަވަހަށް ތައްޔާރުވެގެން ހޮސްޕިޓަލަށް ދިއުމަށެވެ.

ކާއިލްއަށް ހޮސްޕިޓަލަށް އާދެވުނުއިރު އެމަރޖެންސީ ރޫމަށް ރުހައިމް ވައްދައި ވީހައިވެސް އަވަހަށް ފަރުވާދިނުމަށް އެކި ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ހަރަކާތްތެރިވަމުން ދިޔައެވެ. އެމަރޖެންސީ ރޫމްގެ ކުރިމަތީގައިހުރި ގޮނޑިބަރީގައި އެއްދިމާއަކަށް ނަޒަރު ހުއްޓައިލައިގެން އިން މުސްކާން އޭނާގެ ދެލޮލުގައި އަޅައިގަތް ނަމަވެސް އެވަގުތު އެކަމަށް ސަމާލުކަން ދިނުމަށްވުރެ އޭނާގެ ސިކުނޑިވީ ހާސްވެފައެވެ. ދުވަމުންކަހަލަ ގޮތަކަށް އައިސް އޭނާ އެމަރޖެންސީ ރޫމް ތެރެއަށް ވަނެވެ.

ހާލުދެރަވެފައި ކޮޓަރީގެ މެދުގައި ހުރި އެނދުގައި އޮތް ރުހައިމް ފެނުމާއެކު ކާއިލްގެ ސިކުނޑިވެސް ހިނދުކޮޅަކަށް މަސައްކަތްކުރުން މަޑުޖެހިލިފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ގަދަކަމުން ހިންދައިލަމުން އޭނާ ހިތްވަރުކުރީ ލޯބިވާ ކޮއްކޮއަށްޓަކައެވެ. ރުހައިމްގެ ހާލު ސީރިއަސްވެފައިވި މިންވަރު ފެނުމުން ތޫނު ތަދެއް ހިތަށް ކުރެވިގެން ދިޔައެވެ. އެހެނަސް މީ އޭނާ ފިނޑިވެ ހިތްވަރުއެލެންވީ ވަގުތު ނޫންކަން ޟަމީރު ހަނދާންކޮށްދިނެވެ. ރުހައިމްއަށް އެފަދައިން ކުރިމަތިވި ސަބަބަކާއި މެދުގައި ވިސްނުން ހިންގަމުން އައިސް ދެން ތިބި ޑޮކްޓަރުންނާއި އޭނާ ބައިވެރިވިއެވެ. ލެއިން ކަޅިވެފައި އެނދުގައި އޮތީ އޭނާއަށް ކިހައި މުހިންމު މީހެއްކަން އެއިން އެކަކަށްވެސް ނޭނގެއެވެ. ދެލޮލުގައި އަތްއުނގުޅައިލުމާއެކު ރުހައިމްގެ ރައްކައުތެރިކަމަށް އެދި އޭނާއަށް ދުޢާކޮށްލެވުނެވެ. ރުހައިމްގެ ކޭސްއާއި އެންމެ އިސްކޮށް އޭނާ ހަވާލުވުމާއެކު އޭނާގެ އިރުޝާދުގެ ދަށުން ދެންތިބި މީހުން ހަރަކާތްތެރިވާން ފެށިއެވެ.

ޖެހިބުދެއްހެން މުސްކާން އިންދައި އެމަރޖެންސީ ރޫމްއިން ކާއިލް ނުކުތެވެ. ސިކުނޑީގައިވި ޚިޔާލުތައް އެއްފަރާތް ކޮށްލަމުން އިންތަނުން އަވަސް އަވަހަށް މުސްކާން ތެދުވިއެވެ. އޭނާއަށް އެޒުވާނާ ފެނުނުއިރު ކިރިޔާ ފުރާނަހުރި ކަމެވެ. އެހައިވެސް ބޮޑެތި ގެއްލުން އެހަށިގަނޑަށްވަނީ ލިބިފައެވެ. ހާސްވެފައި އެކޮޓަރިން ނުކުތް ކާއިލްއަށް މުސްކާން ގޮވައިލީ އެޒުވާނާގެ ހާލު އެނގެން އިންތިހާއަށް ބޭނުންވެފައި ވުމުންނެވެ.

"ވަރަށް ކްރިޓިކަލް.. މިއުޅެނީ ވީއެންމެ އަވަހަކަށް އޮޕަރޭޝަން ކުރަން.." އިސްޖަހައިލި ކާއިލްގެ އަޑުގައިވީ މަޑު މޮޅިކަމެވެ. މުސްކާނަށް އޭނާ ބަލައިލިއިރު އެދެލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް ފެނި ކާއިލް ފުންނޭވާއެއް ދޫކޮށްލިއެވެ.

"އަހަރެން އަޑުއެހިން ހައިމް އެންމެ ފުރަތަމަ އެހާލުގައި ވަނިކޮށް ފެނުނީ މުސްކާނަށޭ ކިޔާ އަޑު.. ހޮސްޕިޓަލަށް ގުޅައި އެންބިއުލޭންސް ފޮނުވަން އެދުނީ މުސްކާން ކަމަށް.. އެވަގުތު މުސްކާން ކޮއްކޮ އަށް އަވަސް ފަރުވާ ނުދިންނަމަ.. އައި ޑޯންޓް ތިންކް ހީ ކުޑް އީވަން މޭކް އިޓް ހިއަރ.."

"ކޮއްކޮ؟ އެއީ.. އެއީ ކާއިލްގެ ކޮއްކޮ އެއްތަ؟" ކާއިލްގެ ވާހަކަތަކުން މުސްކާން އަޅައިގަތީ އެލަފުޒުގައެވެ. ކާއިލްގެ ކޮއްކޮއެއް ހުންނަކަން އޭނާ ނުދެނަ ހުއްޓެވެ. މޫނުމައްޗަށް ހައިރާންކަން ވެރިވުމާއެކު އޭނާއަށް ފެނުނު މަންޒަރު ކާއިލްއާ ކޮންމެހެންވެސް ހިއްސާކުރަން ޖެހޭނޭ ހިތް ބުނެލިއެވެ.

"ޔެސް.. އެއީ އަހަރެންގެ ހުރި އެއްބަނޑު އެއްބަފާ ހަމައެކަނި ކޮއްކޮ.. ހައިމް.." ފުންނޭވާއެއް ދޫކޮށްލަމުން ކާއިލް ބުނެލީ މަޑުމަޑުންނެވެ. އެއަޑުގައިވި ހާސްކަމާއި ހިތާމައިގެ ސިއްރު އެނގުމުން މުސްކާންގެ ހިތަށް ކުރުވީ ބަޔާންކުރަން ދަތި އަސަރެކެވެ. ކާއިލްއާ ހިއްސާކުރަން ބޭނުންވާ މުހިންމު ވާހަކަތަކެއް ހުރިކަމަށް މުސްކާން ބުނެލިއެވެ. އެހެނަސް އެވަގުތު ނަރުސް ކުއްޖަކު އައިސް އެތަނަށް ހުއްޓެމުން އޮޕަރޭޝަންގެ ހުރިހައި ކަމެއް ތައްޔާރުވެއްޖެ ކަމުގައި ބުނުމުން ބޯޖަހައިލުމަށްފަހު އަވަހަށް ދިއުމަށް ކާއިލް ހިނގައިގަތެވެ.

"ތެންކްސް... މުސްކާން ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް.. ދުވަހަކުވެސް އެކަން ހިތުން ފިލައިގެން ނުދާނެ.." ކުރިއަށް ހިނގައި ގަތުމަށްފަހު ހުއްޓިލަމުން ފަސްއެނބުރި ބަލައިލަމުން ކާއިލް ބުނެލިއެވެ. ބޯޖަހައިލުން ފިޔަވައި ބުނާނެ އިތުރު އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ނަރުހެއްގެ ހައިސިއްޔަތުން އެވަގުތު އެޒުވާނާއަށް ދެވެންއޮތް ފަރުވާއެއް އޭނާ ދިނީ އެއީ އޭނާގެ ވާޖިބެއްކަމުގައި ދެކިގެންނެވެ. އެމަގާމުގައި ކޮންމެ މީހަކު ވީނަމަވެސް އޭނާ ކަންތައް ކުރީހީ އެފަދައިންނެވެ. ދެއަތް ދެއަތާއި މޮޑެލަމުން އަނެއްކާވެސް އައިސް ގޮނޑިބަރީގައި މުސްކާން އިނށީދެލިއެވެ. އެރޭގެ ބާކީ އޮތް ވަގުތުތައް އޭނާ ގަސްދުކުރީ ހޮސްޕިޓަލުގައި ހޭދަކުރުމަށެވެ. ކުޑަކޮށްވެސް ގެއަށް ދިއުމުގެ އެއްވެސް ނިޔަތެއް އޭނާގެ ނެތެވެ. އެކަނިވުމާއެކު ލުހާމްގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވެގަތެވެ. ދެދަތްޕިލަ ޖައްސައި ބާރުކޮށްލުމާއެކު އޭނާގެ ދެބުމަ ގޮށްޖެހުނެވެ. ދުވަހަކުވެސް ލުހާމްގެ ފުށުން އޭނާއަށް ކުރިމަތިވި އަނިޔާތަކެއް އެހިތުން ފިލައިގެން ނުދާނެއެވެ. އެއަނިޔާވެރިކަމުން ހިތަށްލިބުނު ހިތްދަތިކަން އެތައް ހާސްބައެއް އިތުރުވެފައިވިއެވެ. އެތައް ޒަމާނެއް ވަންދެން ހިތުގައި ވިންދު ޖަހަމުންއައި ލޯބީގެ މައްޗަށް އެހިތްދަތިކަން ކުރި ހޯދީ ހިނދުކޮޅެއްގެ ތެރޭގައެވެ. ދުވަހަކުވެސް ދެން އެފަދަ ނަޒަރަކުން އޭނާއަށް ލުހާމަށް ބަލައިލެވިދާނެ ކަމާއިމެދު މުސްކާނަށް ޝައްކެވެ. އެހިތުގައި އެނުލަފާ އިންސާނާއަށްޓަކައިވީ ނަފުރަތެވެ. ހަމައެކަނި ނަފުރަތެވެ.

* * * * *

ފެނުން ތޮޅިލުމަށްފަހު އައު ދުވަހަކަށް އިރުގެ ރަންދޯދިތައް މަރުޙަބާ ކީއިރު އެތައް ބައެއްގެ ދިރިއުޅުންވަނީ ހީވެސްނުކުރާފަދަ ގޮތަކަށް ބަދަލުވެފައެވެ. އެސްފިޔަ ޖަހައިލައިހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި ދުނިޔޭގެ އެތައްކަމެއް ބަދަލުވެދަނީ އިންސާނާ އެކަމަށް ކުޑަކޮށްވެސް ތައްޔާރުނުވެ ހުއްޓައެވެ. ދިރިއުޅުމަށް ބިންދައިލާ ބިޔަ ރާޅުތަކުގައި އެތައް ބައަކު ބެހިގެން ގޮސްފައި ވީއިރު، އެރާޅުތަކުގެ ތެރޭގައި ފަތައިފައި ސަލާމަތުގެ އައްސޭރިއަކާއި ހަމައަށް ވާސިލް ވެވެނީ ހިތްވަރުގަދަ، ނުގުޑާ އަޒުމެއްގެ ވެރިންނަށެވެ.

އުއްމީދުވެސް ނުކުރާފަދަ ކަމެއް ރުހައިމްއަށް ކުރިމަތިވުމުން ކާއިލްގެ ހިތަށް ކޮށްފައިވީ ފުން އަސަރެކެވެ. އައު ޙަޔާތެއް ފެށުމަށްޓަކައި އެކޮއްކޮގެ ދެލޮލުން އޭނާ އެތައް ހުވަފެނެއް ދުށްޓެވެ. އެހުވަފެންތައް ފުރިހަމަކުރުމަށް ކޮއްކޮއަށް ފުރުސަތެއް ލިބޭނެކަމާއި މެދުގައި އޭނާއަށް އެއްވެސް ޔަގީންކަމެއް ނެތެވެ. އޮޕަރޭޝަންގެ ކަންތައް ﷲ ގެ އިރާދަފުޅާއެކު ކާމިޔާބުކަމާއެކު ނިމިދިއަސް އަދިވެސް ރުހައިމްގެ އެއްވެސް ހޭވެރިކަމެއް ނެތެވެ. އެތައް ގަޑިއިރެއް ފާއިތުވެ ދިޔައިރުވެސް ރުހައިމްގެ ފުށުން އެއްވެސް ހަރަކާތެއް ނުފެނުމުން އެކަމުން ކާއިލްގެ ހިތުގައިވި އުއްމީދުގެ ހުޅުކޮޅު ކަނިވަމުން އައެވެ. އޮޕަރޭޝަނަށްފަހު އައި.ސީ.ޔޫ އަށް ރުހައިމް ބަދަލުކޮށް ނުހަނު ގާތުން އޭނާގެ ހުރިހައިކަމެއް ކާއިލް އައީ ބަލަމުންނެވެ. އެއްފަރާތުގައި އެނދުގައިއޮތް ކޮއްކޮގެ ހަށިގަނޑަށް ބަލަން ހުރުމަށްފަހު ކާއިލް އިސްޖަހައިލިއެވެ. އަދިވެސް ރުހައިމްގެ ހާލު މުޅިން ރަނގަޅު ނުވެއެވެ. އެކި މެޝިންތައް ގުޅައިފައިވި ކޮއްކޮގެ ހަށިގަނޑަށް ބެލުން އޭނާއަށްވީ ދަތިކަމަކަށެވެ. މޫނުގައި އަތްއުނގުޅައިލުމާއެކު އެތަނުން ނުކުންނަން ކާއިލް މިސްރާބުޖެހިއެވެ.

ހަވީރު ޑިއުޓީގައި އުޅެފައި ލިބުނު ހުސްވަގުތުކޮޅު ކާއިލްއާ ބައްދަލުކުރުމަށް މުސްކާން އައީ އޭނާގެ ހިތުގައިވީ ވާހަކަތައް ކާއިލްއާ ހިއްސާ ނުކުރެވެނީސް އެހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެކަން އެނގުމުންނެވެ. ހެނދުނުގެ ސައި ކެންޓީންއިން ބުއިމަށްފަހު އޭނާ ގެއަށް ދިޔައީ ޑިއުޓީއަށް އައުމުގެ ކުރިން ކުޑަކޮށް އަރާމުކޮށްލަން ބޭނުންވެފައި ހުރިވަރުންނެވެ. ސިއްރު ސިއްރުން ގެއަށް ވަދެ ވަށައިގެން އޭނާއަށް ހޯދައިލެވުނީ ލުހާމްގެ އެއްވެސް ހިލަމެއް ވޭތޯ ޔަގީންކޮށްލުމުގެ ގޮތުންނެވެ. އެގޭގައި ދެން އޭނާ އުޅެންޖެހޭނީ އެފަދަ ގޮތަކަށްކަން ވިސްނި މުސްކާނަށް ތުންފިއްތައިލެވުނެވެ. ލުހާމް ދުވަހަކުވެސް އެނބުރި ނައިނަމައޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ކޮޓަރިތެރެ ސާފުކޮށްލުމަށްފަހު އޭނާއަށް ނިދައިލެވުނީ ކުޑަ ވަގުތުކޮޅަކަށެވެ. ދެލޯމެރޭއިރަށް ރޭގެ ބިރުވެރިކަމުން ފުރިފައިވި ހާދިސާތައް އެދެލޮލު ތެރެއިން ސިފަވެގެން އަންނަނީ ކެތްނުވާ ވަރަށެވެ. ސިހިފައި ހޭލެވޭ ކޮންމެ ފަހަރަކު އެދެލޯ އަމާޒުވެލަނީ ކޮޓަރީގެ ދޮރާއި ދިމާލަށެވެ. ކޮންމެ ހިނދަކުވެސް އެދޮރު ހުޅުވުމަށްފަހު ލުހާމް ވަދެދާނޭ ހީވާވަރުން ނިންޖަކަށް ވާކަހަލަ ނިންޖެއް ނިދޭގޮތެއް ނުވިއެވެ. ހައިރާންވީ ޑިއުޓީއަށް އަންނަން ތައްޔާރުވެ ގެއިން ނުކުތް އިރުވެސް ލުހާމްގެ އެއްވެސް ޚަބަރެއް އޭނާއަށް ނުވުމުންނެވެ. ނުވިތާކަށް މުޅި ގޭތެރެއަށް ވެރިވެފައިވި ފަޅުކަންވެސް އޭނާއަށް ވަނީ ފާހަގަވެފައެވެ. ބޮޑުދައިތައާ ދީމްވެސް ގޭގައި ނޫޅޭކަން އޭނާއަށް އެނގުނީ އެހެންވެއެވެ. ރޭގައި ގެއިން ނުކުމެގެން އޭނާ އައި ފަހުން އެތަނުގައި ހިނގި އެއްވެސް ކަމެއްގެ ހިލަމެއް މުސްކާނަކަށް ނުވެއެވެ. އެކަން ހޯދުމުގެ ޝައުގެއްވެސް އޭނާގެ ނެތެވެ. ލުހާމަށް ކޮންމެ ގޮތެއްވިއަސް އޭނާއަށް ކީއްހެއްޔެވެ؟ އޭނާ ދިން ހަމަލާއެއްދިނީ އަމިއްލަ ނަފުސުގެ ދިފާއުގައެވެ. ނަމަވެސް ޒުލޭހާއަށް އެއިން ކަމެއް އެނގިއްޖެނަމަ އޭނާއަށް ހަދާނެ ގޮތެއްވެސް ބުނަން އެނގެނީކީ ނޫނެވެ. ކޮންމެ ގޮތެއްވިއަސް ބޮޑުދައިތައަށް ރަނގަޅުވާނީވެސް އޭނާގެ ދަރިވިއްޔާއެވެ. ކުށްވެރިވާނީ މުސްކާންއެވެ. އެއްވެސް ވާހަކައެއް ދުލާއި ހަމައަށް ނުގެނައުމަށް މުސްކާން ނިންމީ އެހެންވެއެވެ. އެކަމުން އޭނާއަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެކަން އަމިއްލައަށް ގަބޫލު ކުރެވޭތީއެވެ. ލުހާމްގެ އެފަދަ ވާހަކައެއް އޭނާގެ ދުލުން އަޑުއިވިއްޖެނަމަ އެގެއިން ނެރެ އެއްލައިލާކަށްވެސް ޒުލޭހާ ފަހެއް ނުޖެހޭނެކަން މުސްކާނަށް ޔަގީންވެއެވެ.

ދެފަރާތަށް ބޯހޫރައިލަމުން ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތައް އެއްފަރާތަށް ޖައްސައިލަން މުސްކާން މަސައްކަތް ކުރިއެވެ. މަޑު ހިނގުމެއްގައި އައިސް އޭނާއަށް ހުއްޓެވުނީ ކާއިލްގެ ކުރިމައްޗަށެވެ. ކާއިލްއަށް ގޮވައިލުމާއެކު އޭނާ މުހިންމު ވާހަކައެއް ދައްކަން ބޭނުންވާ ކަމުގައި މުސްކާން ބުނެލިއެވެ. އެއްފަރާތަކަށް މުސްކާނާއި އެކުގައި ކާއިލް ޖެހިލިއެވެ. އަދި މުސްކާން ބުނަން އުޅޭ ވާހަކައަށް އޭނާގެ ފުރިހަމަ ސަމާލުކަން ހުއްޓައިލިއެވެ.

ރޭގައި އޭނާއަށް ފެނުނު ހާދިސާ އެއްވެސް ކަމެއް ސިއްރު ކުރުމެއްނެތި ކާއިލްއަށް މުސްކާން ކިޔައިދިނެވެ. ދެބުމަ ގޮށްޖެހުމާއެކު އެންމެ ފުރަތަމަވެސް ކާއިލްގެ ސިކުނޑިއަށް ވެރިވީ ރުހައިމް ގުޅިގެން އުޅުނު ގޭންގްގެ ޚިޔާލުތަކެވެ. އެއީ އެމީހުންގެ ފަރާތުން ރުހައިމްއަށް ކުރިމަތިވި ކަމެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ. ދަތްކުނޑި ވިކައިލެވުމާއެކު އޭނާއަށް ދުރަށް ނަޒަރު ހުއްޓައިލެވުނެވެ.

"ޕޮލިހުންނަށް ރޭގެ ވަގުތެއްގަ މިކަން ރިޕޯޓް ކުރެވިފަ ވާނީ.. ތަހުގީގު ކަންކަމުގަ މިއަދު މިކޮޅަށްވެސް އަންނާނެ.. މުސްކާންގެ ބަޔާން ނަގާއިރު ތި ވާހަތަކަށް އެމީހުނާ ހިއްސާކުރަން ކެރޭނެތަ؟" ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން ކާއިލް އަހައިލިއެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން އޭނާއަށް އެހީވެވެން އޮތް ގޮތަކަށް އެހީވާނެ ކަމުގެ ޔަގީންކަން މުސްކާން ދިނެވެ.
"ސޮރީ.. ރޭގަވެސް މުސްކާން ތިވާހަކަތައް ދައްކަން ބޭނުންވިކަން އެނގޭ.. އެވަގުތު އަހަރެންނަށްވެސް ލިބިފަ ހުރި ޝޮކުގެ ސަބަބުން އެއިން ކަމަކަށް ސަމާލުކަން ދެވޭ ގޮތްނުވީ.. މުސްކާންއާ ވާހަކަ ދައްކަން އަހަރެންވެސް ހުރީ ބޭނުންވެފަ.. ވަރަށް ހިތްހަމަޖެހިއްޖެ އަހަންނަށް ނުދެވެނީސް އަމިއްލައަށް ފެނިގެން މުސްކާން އަހަންނާ ބައްދަލުކުރަން އައީމަ.." ކާއިލްގެ ވާހަކަތަކަށް ދެންވެސް މުސްކާން ބޯޖަހައިލީއެވެ. ބުނާނެ އެއްޗެއް އެވަގުތު އޭނާއަކަށް ނުވިސްނުނެވެ. ހުރިހަމައެކަނި ކޮއްކޮ މަރާއި ހަނގުރާމަކުރަމުން ދާތަން ބަލަން ކެތްވާނީ ކާކަށް ހެއްޔެވެ؟ އެވަގުތު ކާއިލްގެ ހިތަށް ކުރުވާނެ އަސަރު އޭނާއަށް އިހުސާސުކުރެވުނެވެ.

ލުއި ހިނިތުންވުމެއް މުސްކާނާއި ބަދަލުކޮށްލަމުން ކާއިލް އަނެއްކާވެސް އައި.ސީ.ޔޫ ތެރަށް ވަނީއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު މުސްކާން އިސްޖަހައިލިއެވެ. ޕޮލިހުންގެ ތަހުގީގަށް އޭނާ ހާޟިރުކުރެވޭނެކަން މާކުރިންވެސް މުސްކާނަށް އެނގެއެވެ. އެހުރިހައި މަންޒަރެއް އެންމެ ގާތުން ދުށްމީހަކީ އޭނާއެވެ. އަދި އެޒުވާނާއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން މީހަކީވެސް ޚުދު އޭނާއެވެ. ޕޮލިހަށް ދޭންޖެހޭ ބަޔާނުގައި ހިމަނާނެ މުހިންމު ކަންކަން ސިކުނޑީގައި މުސްކާން ނޯޓްކޮށްލިއެވެ. ކުރިއަށްއޮތީ ބުރަ ދުވަހަކަށް ވާނެކަން ޔަގީނެވެ. އަމިއްލަ ޚިޔާލުތަކުން ދުރުވެލަމުން އެނބުރި އައި ދިމާއަށް މުސްކާން ހިނގައިގަތެވެ.

* * * * *

"ސިޑިން ވެއްޓިގެން މިވަރު ވޭތަ؟" ނިތްކުރިމައްޗާއެކު ބޮލުގެ އެއްބައި ބެންޑޭޖް ކޮށްފައި އެނދުގައި އޮތް ލުހާމަށް ބަލައިލަމުން ޒުލޭހާ އަހައިލީ ގަބޫލުނުކުރެވިފައެވެ. ޒުލޭހާގެ ސުވާލުތައް މާގިނަވާން ފެށުމުން އެކަމުން ލުހާމަށް އުނދަގޫވިއެވެ. ރޭގައި ހިނގައިދިޔަ ހުރިހައިކަމެއް ހަނދާނުގައި ހުއްޓެއްކަމަކު އެއިން އެއްވެސް ކަމެއް އެއްވެސް މީހަކާއި ހިއްސާކުރާކަށް ލުހާމް ބޭނުމެއް ނުވެއެވެ. ކުރެވުނު ކަންތަކުން ހިސާބަކަށް އަމިއްލަ ނަފުސު އޭނާއަށް ކުށްވެރިކުރެވެމުން ދިޔައީތީއެވެ.

ކަށީނެތް ހިތްވަރުން މުސްކާންގެ ކޮޓަރިން ނުކުމެ އޭނާއަށް ދެވުނީ ވަކި ހިސާބަކަށެވެ. ޚަބަރު ހުސްވެ ހުރިތަނަށް މީހާ ވެއްޓުނީއެވެ. ހޭވެރިކަން ވީއިރު އޮވެވުނީ ހޮސްޕިޓަލެއްގެ ޕްރައިވެޓް ކޮޓަރިއެއްގައިކަންވެސް އޭނާ އަށް އެނގުނީ ވަށިއިގެން ނަޒަރު ހިންގައިލުމުންނެވެ. ގާތުގައި އިން ޒުލޭހާއާއި ދީމް ފެނުމުން އެތަނަށް އޭނާ ގެނައީ އެމީހުންކަން ޔަގީންވިއެވެ. ޒުލޭހާ ނުބުންޏަކަސް އެހިތުގައި ލައްކަ ސުވާލު ފުނިޖެހިފައި ވާނެކަން ލުހާމަށް ޔަގީންވެއެވެ. މުސްކާންގެ ކޮޓަރިން ފެށިގެން ތަށިމުށިތަކުގައި ހޭކިފައިހުރި ލޭތައް ޒުލޭހާ އަށް ފެނުނުމަކާއި މެދުގައި ލުހާމްގެ ހިތުގައި ސުވާލު އުފެދުނެވެ. ޝައްކުގެ ނަޒަރުން އޭނާ ބަލަމުންދިޔަކަން ލުހާމަށް ފާހަގަވިއެވެ. ޒުލޭހާ ވާހަކަދައްކަމުން ދަނިކޮށް ނޫންކަމަށް ހަދައިފައި އޭނާ ދެލޯ މަރައިލީ އަމިއްލަ ނަފުސު ބޭޒާރުވެދާނެތީ ޖެހިލުންވީ ވަރުންނެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ވަރަށް ރީތި …ތަންކޮޅެއް ކުރު ކަމަށް ފާހަގަ ކޮށްލެވޭ