Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ބޮޑު އެސެސްމަންޓެއް ހަދަނީ

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ބޮޑު އެސެސްމަންޓެއް ހަދަނީ

ރާއްޖޭގައި ހުރި އަރަބި މީޑިއަމްއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލުކަމަށްވާ އަރަބިއްޔާ ސްކޫލުގެ އިމާރާތް ހަލާކުވަމުން ދާތީ، އެ އިމާރާތުގެ ބޮޑު އެސެސްމަންޓެއް ހަދަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އަރަބިއްޔާ ސްކޫލު އިމާރާތުގެ ކަންތައް އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެ މައްސަލަ ސަމާލުކަމަށް އައުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި ޕްލޭނިންގް މިނިސްޓްރީ ގުޅިގެން އިންޖިނިއަރުން ލައްވައި އެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދައިފައިވާ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

Advertisement
Allied Insurance — Square (box)

"އިންސްޕެކްޝަން ރިޕޯޓުން ދައްކާ ގޮތުގައި އެތަނުގައި ވަގުތުން ވަގުތަށް ކުރަން ޖެހޭ މަރާމާތުތައް އެނގޭނީ ސްޓްރަކްޗުރަލް އެސެސްމަންޓެއް ހަދައިގެން. މިކަމަށް ދެ މަހެއް ވަރު ނަގާނެ. މިހާރު މިމަސައްކަތް ވަނީ ބަޔަކާ ހަވާލު ކުރެވިފައި" އެޑިއުކޭޝަނުން ބުނެފައިވެއެވެ.

މި އެސެސްމަންޓު ނިމޭހާ އަވަހަކަށް އަރަބިއްޔާ ސްކޫލު އިމާރާތުގެ މަރާމާތުގެ މަސައްކަތް ފެށޭނެ ކަމަށާއި މިކަމާ ގުޅިގެން މިނިސްޓަރ ވަނީ ބެލެނިވެރިންނާ ބައްދަލުކޮށް އެ މިނިސްޓްރީން މިކަމާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ދެއްވާފައި ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް