މިސްކިތެއްގެ ގޯތި ތެރެއަށް ކުޑަކަމުދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

މިސްކިތެއްގެ ގޯތި ތެރެއަށް ކުޑަކަމުދިޔަ ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ބިދޭސީމީހާ ކުޑަކަމު ގޮސްފައި ވަނީ ޖަލާލުއްދީން މިސްކިތުގެ ގޯތިތެރެއަށް ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 40 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ ރޭ 7:58 ހާއިރެވެ.
އެ ބިދޭސީ މީހާގެ ބަންދަށް މިއަދު ވަނީ 7 ދުވަހުގެ މުއްދަތެއް ވެސް ޖަހައިފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮބާާ ދެންް ކޮމިއުނިކޭޝަންް އެރޯޯ އަރާގެންް މިސްކިތަށްވަދެެ ހަތިމްް ތަކަށްް ގޮރުހެނޑިި ދިވެހިި މީހާ. ބަންގާޅިި އެއްވީމަަ ހައްޔަރުު ކުރަންކެރުނީ