Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ޖަރާސީމު އެކުލެވޭ އޮއިސްޓާ ސޯސް ފުޅިތަކެއް ދައުރުވާތީ ސަމާލުވާން އަންގައިފި

ޖަރާސީމު އެކުލެވޭ އޮއިސްޓާ ސޯސް ފުޅިތަކެއް ދައުރުވާތީ ސަމާލުވާން އަންގައިފި

ޖަރާސީމު އެކުލެވޭ އޮއިސްޓާ ސޯސް ފުޅިތަކެއް ބާޒާރުގައި ދައުރުވާތީ ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ 'ވިބްރިއޯ ޕެރަހެމޮލީޓިކަސް، (Vibrio parahemolyticus ) ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުޞަތު އޮތް އުފެއްދުމެއް ކަމުގައިވާ އޮސްޓްރޭލިއާގެ "ކޮފިން ބޭ"ގައި އުފައްދައިފައިވާ "ޕްރެސްޓިޖް ފުޑްސް އިންޓަރނޭޝަނަލް' ގެ ރޯ ޕެސިފިކް އޮއިސްޓަރ" (Magallana gigas) ދިވެހިރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވާރކް (INFOSAN)އިން އެއޮތޯރިޓީއަށް އަންގައިފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ މިއެލާޓްއާ ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާހުގެ މިންވަރު ބެލުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮސްޓްރޭލިއާގެ ގޮފިން 19ގައި އުފައްދައިފައިވާ ޕްރެސްޓިޖް ފުޑްސް އިންޓަރނޭޝަނަލްގެ ރޯ ޕެސިފިކް އޮއިސްޓަރ' މި އޮތޯރިޓީން ވަކިގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުންނުކުރުމަށް އަންގަމެވެ" ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި ކަމާ ބެހޭ އިތުރު މައުލޫމާތު ސާފު ކުރައްވަން ބޭނުންވާ ފަރާތްތަކުން އެއޮތޯރިޓީގެ ނަންބަރު 3014361 ފޯނަށް ގުޅުއްވުމަށް ވެސް އެއޮތޯރިޓީން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް