Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑޯނިއާ ދުއްވާ ދިވެހި ސިފައިންނަށް ބޮނޑިބަތުން މަރުހަބާ ކިޔައިފި

ޑޯނިއާ ދުއްވާ ދިވެހި ސިފައިންނަށް ބޮނޑިބަތުން މަރުހަބާ ކިޔައިފި

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު ދުއްވުމުގައި، ފުރަތަމަ ފަހަރަށް ހަރަކާތްތެރިވާން ފެށި ދިވެހި ސިފައިންގެ ޕައިލެޓުންނަށް ބޮނޑިބަތުގެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ދިވެހި ޕައިލެޓުންނަށް ހޫނު މަރުހަބާއެއް ކިޔައިފައި ވަނީ ހަނިމާދޫ އެމްއެންޑީއެފް ޕޯސްޓުގައި ތިބޭ ސިފައިންނެވެ.

އެމްއެންޑީއެފްއިން ބުނީ އެއާ ވިންގުގެ ސިފައިން ހަނިމާދުއަށް ދިޔުމުން، އެމްއެންޑީއެފް އެއާ ވިންގުގެ ޕައިލެޓުންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ހދ. ހަނިމާދޫ ޕޯސްޓްގެ ސިފައިން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް އިންޑިއާގެ އެހީތެރިކަމުގެ ދަށުން ވަނީ ތިން ޕައިލެޓުން ތަމްރީނު ކޮށްފައެވެ.

ޑޯނިއާ ބޯޓަކީ އާންމު ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ ބޯޓުތަކާ ޚިލާފަށް، ވަކި ކަމެއް ހާސިލުކުރަން މޮޑިފައިކޮށްފައިވާ އުޅަނދެކެވެ. އެއީ މެރިޓައިމް ޕެޓްރޯލް، ސާވައިލެންސް، ސާޗް އެންޑް ރެސްކިއު އަދި މެޑިކަލް އިވެކުއޭޝަނަށް ހާއްސަކޮށްފައިވާ އުޅަނދުތަކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް