Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޤުރްއާނަށް ފުރައްސާރަކޮށް، ބިދޭސީ ޓީޗަރަކު ލާދީނީ ވާހަކަތަކެއް ދެއްކި މައްސަލައެއް ފެންމަތިވެއްޖެ

ޤުރްއާނަށް ފުރައްސާރަކޮށް، ބިދޭސީ ޓީޗަރަކު ލާދީނީ ވާހަކަތަކެއް ދެއްކި މައްސަލައެއް ފެންމަތިވެއްޖެ

ޤުރްއާނަށް ފުރައްސާރަކޮށް، ބިދޭސީ ޓީޗަރަކު ލާދީނީ ވާހަކަތަކެއް ދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގައިފައި ވަނީ ސ. އަތޮޅު މަދަރުސާގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، މި މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ވަނީ އިއްޔެއެވެ. އަދި އެ މައްސަލަ އެ ސްކޫލުން ތަހުގީގު ކުރަމުން އަންނަ ކަމަށް ސްކޫލާ ހަވާލާދީ އެ މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

އެޑިއުކޭޝަނުން ބުނީ އެ މައްސަލަ ބެލުމަށް ފަހު ސްކޫލުން ތަފްސީލީ ރިޕޯޓެއް ފޮނުވާނެ ކަމަށާއި ފިޔަވަޅު އަޅާނީ އެ ރިޕޯޓަށް ބެލުމަށް ފަހު ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސ. އަތޮޅު މަދަރުސާގައި ބިދޭސީ ޓީޗަރަކު ގުރުއާނަށް ފުރައްސާރަކޮށް، ލާދީނީ ވާހަކަތަކެއް ދައްކައިފައި ވަނީ ގްރޭޑް އަށެއްގެ ކުދިން ހިމެނޭ ކުލާހެއްގައެވެ. އެގޮތުން އެ ޓީޗަރު ވަނީ ގުރުއާނަކީ ހިޔާލީ ވާހަކަތަކެއްކަމަށް ބުނެފައެވެ.

މީގެ އިތުރުން، ކަލަކު ވޮޑިގެން ނުވާކަމަށާއި ކަލަކުވާކަމަށް ގަބޫލްކުރެވެނީ ކުޑައިރުންސުރެ އެކަން ވިސްނައިދީ ވިސްނުމާ ކުޅެފައިވުމުންކަމަށް ވެސް އެ ޓީޗަރު ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް