ތިލަމާލެ ބްރިޖު މަސައްކަތަށް އިންޑިއާއިން އިތުރު 15 މިލިއަން ޑޮލަރު

ތިލަމާލެ ބްރިޖުގެ މަސައްކަތަށް އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު ދީފިއެވެ.
އިންޑިއާއިން ހިލޭ އެހީ ދިނީ މާލެއާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅައިލައި "ތިލަމާލެ ބްރިޖު"ގެ މަސައްކަތަށް ބޭނުންވާ މީހުންނާއި ތަކެތި ގެނައުމަށެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށުމުގެ ގޮތުން އިންޑިއާއިން މީގެ ކުރިން ވަނީ އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް 60 މިލިއަން ޑޮލަރު (925.2 މިލިއަން ރުފިޔާ) ވެސް ދީފައެވެ.
މި މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗަރު ކުންފުންޏާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހު 21 ވަނަ ދުވަހުއެވެ. އަދި ބުރިޖު އަޅަން ކުރަން ޖެހޭ ސާވޭގެ މަސައްކަތްތައް އެފްކޯންސްގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯސައިޓް ސާވެއާސްއިން މިދިޔަ މަހުގެ 28ވަނަ ދުވަހު ވަނީ ފަށައިފައި ކަމަށް މައުލޫމާތު ލިބެއެވެ.
ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، ވެރިކަމުގެ މިދައުރުގެ ތެރޭގައި ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައިނުލެވޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.





.webp)

ކޮމެންޓް