Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޔޫތު މިނިސްޓަރ މަޙްލޫފްގެ މައްޗަށް ދައުވާކޮށްފި

ޔޫތު މިނިސްޓަރ މަޙްލޫފްގެ މައްޗަށް ދައުވާކޮށްފި

ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފްގެ މައްޗަށް ދައުވާކޮށްފިއެވެ.

މިނިސްޓަރ މަޙްލޫފުގެ މައްޗަށް ދައުވާކުރަން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުން ހުރި ކަމަށް ބުނެ، އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޖޮއިންޓް ތަހުގީގަށް ފަހު މިނިސްޓަރ މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް އޭސީސީން ފޮނުވީ 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ލިބުނު ކަމަށް ބުނާ މައްސަލައިގައި މި އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުގައެވެ.

Advertisement
Ooredoo — Square (box)

ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީޢު ވިދާޅުވީ މިނިސްޓަރ މަޙްލޫފްގެ މައްޗަށް އުފުލައިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ.

ޕީޖީ އޮފީހުން މީގެ އިތުރުން ބުނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން މަހްލޫފް ރިޝްވަތު ހިފައިފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލްގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް