Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބިކިނީ ބީޗެއް އެޅުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މަޝްވަރާ ކުރަނީ!

ބިކިނީ ބީޗެއް އެޅުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މަޝްވަރާ ކުރަނީ!

ފުވައްމުލަކު ސިޓީގައި ބިކިނީ ބީޗެއް ހެދުމަށް އެސިޓީގެ ކައުންސިލުން މަޝްވަރާ ކުރަން ފަށައިފިއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވީ ބައެއް ރައްޔިތުންގެ އެދުމުގެ މަތިން އެސިޓީގައި ބިކިނީ ބީޗެއް ހެދުމަށް ޓަކައި ރައްޔިތުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

"ބިކިނީ ބީޗެއް ހަދާކަށް އަދި ނުނިންމަން. ބައެއް މީހުން އެކަމަށް އެދޭތީ ރައްޔިތުންނާ މަޝްވަރާކޮށްލަން ބައްދަލުވުމެއް ބާއްވާލީ. އެއްގޮތަކަށް ވެސް އަދި އެފަދަ ނިންމުމެއް ނުނިންމަން" ރަފީގް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ރާއްޖޭގައި ފަތުރުވެރިކަން ފުޅާކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓުހައުސްގެ ވިޔަފާރި ފުޅާކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި "ބިކިނީ"ގައި އުޅުމަކީ މަނާކަމެކެވެ.

އެހެން ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓުހައުސްތަކުން ފަތުރުވެރިން ތިބުމަށް ހާއްސަކޮށް ، އާއްމުންނަށް ނުވަދެވޭހެން އަތިރިމަތީގައި އުޅެވޭ ގޮތަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް