Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ރައީސް ޔާމީންގެ މައްސަލައިގައި ހުކުމްކުރުން އަންގާރަ ދުވަހަށް ތާވަލުކޮށްފި

ރައީސް ޔާމީންގެ މައްސަލައިގައި ހުކުމްކުރުން އަންގާރަ ދުވަހަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ފަސް އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމުގެ އެންމެ ފަހު މަރުހަލާގެ އިސްތިއުނާފުގެ ހުކުމް އަންނަ ހަފްތާގެ އަންގާރަ ދުވަހު ކުރަން ސުޕްރީމް ކޯޓުން ތާވަލްކޮށްފިއެވެ.

ރައީސް ޔާމީނުގެ މައްޗަށް އިއްވައިފައިވާ ހުކުމާ މެދު ގޮތެއް ނިންމަން 5 ދުވަހަށް ވެފައި ވަނިކޮށް ރޭ އެ މަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް ދައުލަތުން ވަނީ އުފުލައިފައެވެ. އެއީ ރިޝްވަތު ނެގުމާއި، މަނީ ލޯންޑަރިންގެ ދައުވާއެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުގައެވެ.

Advertisement
Allied — Dhen Online (box)

އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން، މިހާރު އެމަނިކުފާނުގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. ކޯޓުން އަމާޒު ހިފައިފައި ވަނީ މި މަސް ނިމުމުގެ ކުރިން ރައީސް ޔާމީންގެ މައްސަލައިގައި ގޮތެއް ކަނޑައަޅައި ހުކުމް ކުރުމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް