Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުށުގެ ވެށީގައި އުޅޭކުދިންނަށް ޚާއްސަ ސެންޓަރެއް ޤާއިމް ކުރުމަށް ބިންގާ އަޅައިފި

ކުށުގެ ވެށީގައި އުޅޭކުދިންނަށް ޚާއްސަ ސެންޓަރެއް ޤާއިމް ކުރުމަށް ބިންގާ އަޅައިފި

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބަޔާންކުރާ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ޤާނޫނުގެ 80 ވަނަ މާއްދާގެ 1 ގައި ބަޔާންކުރާ ފުރަތަމަ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އަޅަނީ ދ.ކުޑަހުވަދޫގައެވެ. ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުاللهއެވެ.

މިސެންޓަރަކީ ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ކުޑަކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކޮށްގެން, އިސްލާހުކޮށް މުޖުމަތައަށް އަނބުރާ ނެރުމަށް ޓަކައި ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުން އިމާރާތް ކުރާ ސެންޓަރެކެވެ. އަދި ކޯޓް އަމުރުގެ ދަށުން ވަކި މުއްދަތަކަށް އެކަހެރިކޮށް އެކުދިންނަށް ރައްކާތެރިކަން ދިނުމާ އެކު އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ އިންތިޒާމް ވެސް ހަމަޖައްސާނީ މިމަރުކަޒުގައެވެ.

Advertisement
Ooredoo — Square (box)

މިފަދަ ކުދިންނަކީ ކުށުގެ ރެކޯޑަށް ބަލައި މުޖުތަމައުގައި ބައިތިއްބައިގެން އިސްލާހު ކުރުމުގެ މަސައްކަތް ނުކުރެވޭ ގިންތީގެ ކުދިންނެވެ. މި މަރުކަޒުގައި ކުދިން ތިބޭނީ އެކުދިން ފުރިހަމަ ކުރަންޖެހޭ ޕްރޮގްރާމްތައް ފުރިހަމަކޮށް ނިމެންދެންނެވެ.

ދެބުރި އިމާރާތެއްގެ ގޮތުގައި ދ.ކުޑަހުވަދޫގައި އިމާރާތްކުރާ ފުރަތަމަ ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވީ. އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ އެކާވީސް މިލިއަން ހަލައްކައަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

ކުޑަހުވަދޫގައި އިމާރާތްކުރާ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި ވީ. އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރީ މިދިޔަ ސެޕްޓެމްބަރ 27ގައެވެ. މި މަރުކަޒު ގާއިމް ކުރުމަށް ހަމަޖެހިފައިވާ ބިން އެކުންފުންޏާ ހަވާލުކުރީ މިދިޔަ އޮކްޓޯބަރ މަހުގެ ތިންވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް