Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

އައިޖީއެމްއެޗްގައި ހުރި ފަންޑުފޮށި ވަގަށް ނަގައިފި

އައިޖީއެމްއެޗްގައި ހުރި ފަންޑުފޮށި ވަގަށް ނަގައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ހުރި ފަންޑު ފޮށި ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ އައިޖީއެމްއެޗްގައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނެގިކަމުގެ ރިޕޯޓު މިއަދު 10:45ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

Advertisement
HDC — Sidebar (box)

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަގަށް ނަގައިފައި ވަނީ އައިޖީއެމްއެޗްގެ ރިސެޕްޝަން ކައިރީގައި ބަހައްޓައިފައި ހުރި ފަންޑުފޮއްޓެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދިން ގޮތުގައި އެ ފޮށީގައި ހުރީ ކިހައި ފައިސާއެއްކަމެއް އަދި ނޭނގެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް އައިޖީއެމްއެޗުން މަޢުލޫމާތު ދެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް