Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހިޔާ ފްލެޓުތަކަށް މާދަމާއިން ފެށިގެން ފެން ބިލު ފޮނުވަނީ

ހިޔާ ފްލެޓުތަކަށް މާދަމާއިން ފެށިގެން ފެން ބިލު ފޮނުވަނީ

ހިޔާ ފްލެޓުތަކަށް މާދަމާއިން ފެށިގެން އަލުން ފެން ބިލު ފޮނުވަން ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ހިޔާ ފްލެޓްތަކަށް މާދަމާ ފެން ބިލް ފޮނުވަން ފަށަނީ މީގެ ކުރިން ފްލެޓްތަކަށް ފެން ބިލު ފޮނުވުމުން ބައެއް ފްލެޓްތަކުން ފާހަގަކުރި މައްސަލަކާ ގުޅިގެން އެ މައްސަލަތައް ބަލައި ދިރާސާކުރުމަށް ފަހު ކަމަށެވެ.

ޝާހް ވިދާޅުވީ، މި ދިރާސާތަކުން އެނގުނު ގޮތުގައި 4،000 އެއްހައި ފްލެޓުގެ ފެން ބިލުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން މާދަމާއިން ފެށިގެން ބިލް ފޮނުވާނީ މައްސަލަތައް ނެތް ފްލެޓުތަކަށް ކަމަށެވެ.

Advertisement
Ooredoo — Square (box)

އެނގިފައިވާ ގޮތުގައި ހިޔާ ފްލެޓްތަކަށް މާދަމާ ބިލް ފޮނުވަން ނިންމައިފައި ވަނީ ތިން މަހުގެ ބިލް އެއްފަހަރާއެވެ. ނަމަވެސް ބައިބަޔަށް ބަހާލައިގެން ބިލްތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު އެ ކުންފުނިން ދީފައިވެއެވެ. މީގެ އިތުރުން، ބިލްތަކަށް ފައިސާ ދައްކަން އެއްބަސްވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައިފި ނަމަ ޖޫރިމަނާ ނުނަގަން ވެސް އެމްޑަބްލިއުއެސްސީން ވަނީ ނިންމައިފައެވެ.

އެމްޑަބްލިޔުއެސްސީގެ އެމްޑީ އިތުރަށް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އަދިވެސް ރަޖިސްޓްރީ ނުކުރާ މީޓަރުތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ. އެހެންކަމުން އަވަހަށް ރެޖިސްޓްރީ ކުރުމަށް ވެސް ޝާހް އިލްތިމާސް ކުރައްވައިފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް