Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބަލި ޖެހިފައިވާ މީހުންނަށް ވެސް އައު ވޭރިއަންޓް ޖެހުމުގެ ފުރުޞަތު ބޮޑު: ޑރ. ނަޒްލާ

ބަލި ޖެހިފައިވާ މީހުންނަށް ވެސް އައު ވޭރިއަންޓް ޖެހުމުގެ ފުރުޞަތު ބޮޑު: ޑރ. ނަޒްލާ

ބަލިޖެހިފައިވާ މީހުންނަށް ވެސް އައު ވޭރިއެންޓު ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ބަލިޖެހިފައިވާ މީހުންނަށް ވެސް މި ބަލިޖެހުމުގެ ފުރުޞަތު ބޮޑު ކަމަށާއި އައު ވޭރިއަންޓް ރާއްޖެ ނާންނާނެކަމަށް ބަލައިގެން ނުވާނެ ކަމަށާއި، ނަމަވެސް ފިޔަވަޅުތަކާ އެކު ބަލި ރާއްޖެ އައުން ލަސްކުރެވިދާނެކަަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މި ވޭރިއެންޓު ޖެހޭ މީހުންގެ ހާލު ސީރިއަސްވާނެ ކަމެއް އަދި ޔަގީން ކުރެވިފައި ނުވާ ކަމަށާއި ބަލީގެ ހާލަތު އިތުރަށް ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ގައިގައި ހުރީ ކޮން ވޭރިއަންޓެއްތޯ ގަވައިދުން ބަލަމުން ގެންދާ ކަމަށާއި މިހައިތަނަށް ބެލިބެލުމުން މި ވޭރިއެންޓު ރާއްޖެއިން ފެނިފައި ނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ޑެލްޓާގެ ވޭރިއަންޓްގެ ވައްތަރުތައް ރާއްޖޭގައި ހުރިކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މި ބަލިން ރައްކާތެރިވުމަށް އެންމެން ވެސް ސަމާލުކަން ދިނުމަށާއި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ކަށަވަރުކުރުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް