ޑޮލަރުގެ ކަޅުބާޒާރުގައި އުޅޭކަމަށް ތުހުމަތު ކުރެވޭ ދެ ބޮޑަކު ހައްޔަރުކޮށްފި
ޑޮލަރުގެ ކަޅުބާޒާރުގައި އިސްކޮށް އުޅޭކަމަށް ތުހުމަތު ކުރެވޭ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ޑޮލަރުގެ ވަގު ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ރޮބީއުﷲ ނަމަކަށް ކިޔާ އުމުރުން 29 އަހަރުގެ ބަނގްލަދޭޝް ފިރިހެނަކާއި މުހައްމަދު ފިރްދައުސް ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ.
މި މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ރޮބީއުﷲގެ ބަންދަށް 10 ދުވަސް އަދި ފިރްދައުސްގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.
މި ދެމީހުންގެ ތެރެއިން، ރޮބީއުﷲ ބަންދުގައި ބަަހައްޓަން ކޯޓުން ކުރި އަމުރުގެ ލިއުމުން އެނގޭ ގޮތުގައި އޭނާއާ ދެކޮޅަށް ފުލުހުން ކުރި ތުހުމަތަކީ ރަޖިސްޓްރީކޮށްްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާކަމުގެ ތުހުމަތެވެ. އޭނައަށް ކޮށްފައިވާ ތުހުމަތަށް ބާރުދޭ ކޮންމެވެސް ވަރެއްގެ ހެކިތަކެއް ކޯޓަށް ހުށަހަޅަފައިވާކަން ވެސް އަމުރުން އެނގިފައިވެއެވެ.
ފުލުހުން ކޯޓުގައި ވިދާޅުވެފައިވާ ގޮތުގައި ރޮބީއުﷲގެ އަމިއްލަ އެކައުުންޓުން، ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް އޭނާ ވަނީ ކޮށްފައެވެ. އެހެންކަމުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބަކީ ފިލައިފާނެކަމުގެ ބިރު އޮތުން ކަމަށާއި އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ވެސް ކަޅުބާޒާރުގައި ބޭރުފައިސާ ގަނެވިއްކުން ކަމުގައި ފުލުހުން ތުހުމަތު ކޮށްފައިވެއެވެ. އަދި އެއީ ކަޅުބާޒާރުގައި ބޭރުފައިސާ ގަނެވިއްކުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ވެސް ފުލުހުން ތުހުމަތުކުރެއެވެ.
މި ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ދެވަނަ މީހާ ކަމުގައިވާ ފިރުދައުސްއަކީ ވެސް ކަޅު ބާޒާރުގައި ބޭރުފައިސާ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އަދި އޭނާއަކީ ޖަމާއަތް ހަދައިގެން "ނެޓްވޯކެއް"ގެ ގޮތުގައި އެކުށް ކުރާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އޭނާ ރާއްޖޭން ބޭރަށް ފައިސާ ފޮނުވަނީ ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ)ގެ ވަސީލަތްް މެދުވެރިކޮށްގެނެވެ.
ޑޮލަރުކަންތަ ހައްލުވީއްޔޯ ބާރަށް އައްޖަހާ….