Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ދިވެހިންގެ ނިވަލުގައި ތިބެ ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށް ފާސްކޮށްފި

ދިވެހިންގެ ނިވަލުގައި ތިބެ ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށް ފާސްކޮށްފި

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މިއަދު ފާސްކޮށްފިއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނަށް އެ އިސްލާހު ހުށަހަޅުއްވައިފައި ވަނީ, ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމެވެ. މި ބިލު ފާސްކޮށްފައި ވަނީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާޤުންނެވެ.

ސަރުކާރުން މި ބިލު ހުށަހެޅުއްވުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކުރައްވައިފައި ވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތައް ޙައްލުކުރުމާއި، އެފަދަ ވިޔަފާރިތަކުގެ ޙާލަތު ދެނެގަތުމަށް ފަސޭހަވާނެ އިންތިޒާމެއް ހަމަޖެއްސުމާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރެވޭ މުއްދަތު އިތުރުކޮށް އެފަދަ ވިޔަފާރި އެހެން ފަރާތަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމާއި، ދިވެއްސަކު ނިވާފަތްގަނޑަކަށްވެ ހުރެ، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް ހިންގާ ވިޔަފާރިތަކުގެ ސަބަބުން އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދިވެހި ރައްޔިތުންނަށް ލިބޭ އިޤްތިޞާދީ ފުރުޞަތުތައް ހަނިވިޔަނުދިނުމަށް ޓަކައި ފިޔަވަޅުއެޅޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމެވެ.

Advertisement
Ooredoo — Square (box)

ބިލު ދިރާސާކުރުމުގައި ކޮމިޓީން ބެލި ކަންތައްތަކުގެ ތެރޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް އެކަށޭނެ ޙައްލެއް މި ބިލުން
ލިބިދެވޭނެ ގޮތަށް ބިލު ފަރުމާކުރުމަށް ބަލައިފައިވެއެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގައި މިހާރަށް ވުރެ ލުއިގޮތްތައް ހަމަޖެހޭނެ ގޮތަށް ބިލު ފަރުމާކުރުމަށް ދިވެއްސަކު ނިވާފަތްގަނޑަކަށްވެ ހުރެ، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް ހިންގާ ވިޔަފާރިތަކުގެ ސަބަބުން އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ދިވެހި ރައްޔިތުންނަށް ލިބޭ އިޤްތިޞާދީ ފުރުޞަތުތައް ހަނިވިޔަނުދިނުމަށް ޓަކައި ފިޔަވަޅުއެޅޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުން މި ބިލު ހުށަހެޅުމުގެ އެއް ބޭނުމުގެގޮތުގައި ހިމަނާފައިވާއިރު، އެ މަޤްޞަދު މި ބިލުން ހާޞިލުވާނެ ގޮތަށް ބިލު ފަރުމާކުރުމަށް ވެސް ބަލައިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް