Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

މަސައްކަތުގެ 65 އިންސައްތަ ނިންމައި މަޖިލިސް ޗުއްޓީއަށް!

މަސައްކަތުގެ 65 އިންސައްތަ ނިންމައި މަޖިލިސް ޗުއްޓީއަށް!

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.

މަޖިލިސް ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ 16 އޮގަސްޓުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު މިރޭ ނިންމަވައިލައްވަމުން މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވަނީ މި ދައުރުގައި އެ މަޖިލީހުން ކުރި މަސައްކަތްތަކުގެ ތަފްސީލު ދެއްވައިފައެވެ. އެގޮތުން މިދައުރުގައި އެ މަޖިލީހުން 65.5 އިންސައްތަ މަސައްކަތް ނިންމަވައިލައްވައިފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

Advertisement
Allied Insurance — Square (box)

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި ބޭއްވީ 44 ޖަލްސާއެކެވެ. މަޖިލިސް ތަޅުމުގައި 112 ގަޑިއިރު މެންބަރުން މަސައްކަތް ކުރަައްވާފައިވާއިރު، 950 ފަހަރު މެމްބަރުން ވާހަކަދެއްކެވިއެވެ. އަދި 320 ކޮމިޓީ ބައްދަލުވުން ބޭއްވެވިއެވެ. އެއީ 331 ގަޑިއިރެވެ.

މި މަސައްކަތްތަކުގައި:

▪︎ 20 ބިލު ނިންމި. އެއީ މި ދައުރަށް ހުށަހެޅި ނުވަ ބިލާއި ކުރީ ދައުރުގައި ހުށަހަޅައިފައި އޮތް 32 ބިލާ އެކު ޖުމްލަ 41 ބިލުގެ ތެރެއިން

▪︎ ހަތަރު ގަރާރު ނިންމި. އެއީ މި ދައުރަށް ހުށަހެޅި ހަތަރު ގަރާރާއި ކުރީ ދައުރުން ބާކީ އޮތް 10 ގަރާރާ އެކު ޖުމްލަ 12 ގަރާރުގެ ތެރެއިން

▪︎ ސަރުކާރުން ހުށަހެޅި ހަތް މައްސަލައެއް ނިންމި

▪︎ ރިޔާސަތުން ހުށަހެޅި ތިން މައްސަލައެއް ނިންމި. އެއީ މި ދައުރަށް ހުށަހެޅި ފަސް މައްސަލައާއި ކުރީ ދައުރުގެ ތިން މައްސަލައާ އެކު ޖުމްލަ އަށް މައްސަލައިގެ ތެރެއިން

▪︎ މެމްބަރުން ހުށަހެޅުއްވި ނުވަ މައްސަލަ ނިންމި. އެއީ މި ދައުރަށް ހުށަހެޅި 10 މައްސަލައާއި ކުރީ ދައުރުގެ ތިން މައްސަލައާ އެކު ޖުމްލަ 13 މައްސަލައިގެ ތެރެއިން

▪︎ އެހެނިހެން މައްސަލަތަކުގެ ތެރެއިން 15 މައްސަލަ ނިންމި. ނުނިމި ބާކީ ހުރީ ފަސް މައްސަލަ

▪︎ ވަޒީރުންނާ ކުރަން 39 ސުވާލެއް އޮތް އިރު، 32 ސުވާލު ކުރެވުނު

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް