ސްޕްރީމް ކޯޓުން މިއަދު ރާއްޖޭގެ ޝަރުއީ ދާއިރާގައި ގެއްލެމުން ދިޔަ އިތުބާރު ދަމަހައްޓައިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިޔަން ޑޮލަރުގެ ޖޫރިމަނާގެ މައްސަލައިގައި، އިސްތިއުނާފްގެ ފަހު މަރުހަލާއިން، ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާޤުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ކޯޓުން ވަރަށް ހިތްވަރާ އެކު އަދުލު އިންސާފު ނެގެހެއްޓިކަމީ ޝަރުއީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މިއަދަކީ ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ޝަރުއީ ނިޒާމުގެ އިތުބާރު ނެގެހެއްޓިގެން ދިޔަ ކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މައްސަލަ ބައްލަވައިފައި ވަނީ، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު މަހާޒް އަލީއާއި ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރުގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.
ހެހެ. މިހާރު ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް ބަރާބަރުވީ ދޯ ކަލޯ