އައިޑީކާޑު ޔުނިޓު ހިންގަވަން ނައިބު މިނިސްޓަރަކު އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ހ. ރެޖީނާހައުސް، ޢާއިޝަތު ރަޝީދާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ޢާއިޝަތު ރަޝީދާ މި މަޤާމަށް ޢައްޔަންކުރައްވައިފައި ވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގަވާ ބޭފުޅެއްގެ ގޮތުގައެވެ.
ޢާއިޝަތު ރަޝީދާއަކީ ޔޫ.އެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވަރކް (ޔޫ.އެން.އެސް.ޑީ.ސީ.އެފް ނުވަތަ "ކޯޕަރޭޝަން ފްރޭމްވަރކް") 2021 ސްޓްރެންތްނިންގ ސީ.އާރް.ވީ.އެސްއިން މޯލްޑިވްސް، އީ.އެސް.ސީއޭ.ޕީ.އީ، ޔުނިސެފު 2021 ޑާޓާ ހާމޮނައިޒޭޝަން 2021 ޕްރޮޖެކްޓުގައި މަސައްކަތްކުރައްވަމުންދާ ބޭކަނބަލެކެވެ. އަދި މީގެ ކުރިން ޢާއިޝަތު ރަޝީދާ ވަނީ މޯލްޑިވްސް ކަސްޓަމްސްގައި އެސިސްޓަންޓް ކަސްޓަމްސް އޮފިސަރގެ މަޤާމު ފުރުއްވައިފައެވެ.
ޢާއިޝަތު ރަޝީދާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސަންޑަރލޭންޑް އިން ބެޗްލަރ އޮފް ކޮމްޕިއުޓަރ ސްޓަރޑީޒް ވެސް ހާޞިލްކުރައްވައިފައެވެ.
ކޮންމެ މީހެއް އިސްކޮށްގެން ވިޔަސް އެތަނުގެ ޚިދްމަތްތައް އަވަސްވެ ފޯނުކޯލްތަކަށް ޖަވާބު ދެވޭނެގޮތެއް ހައްދަވާދެއްވާ ވިހިތިރިސް ފޯނުލައިން ހުންނައިރު އެއްވެސް ފޯނަކަށް ޖަވާބެއް ނުދެއްވާ
މީކީ ޚިދުމަތް އަވަސް ކުރުމާ ބެހޭ ކަމެއްނޫން. ރީނދޫ ފިކުރުގެ މީހުންނަށް ސިޔާސީ މަގާމް ތައް ބަހާލުމުގެ މަޝްރޫޢުގެ ތެރެއިން ހިނގި ކަމެއް.