މީހުންނަށް ނުފެނި އުޅެން ޖެހުމުން ވަރަށް ދެރަވޭ: ރައީސް ނަޝީދު
މީހުންނަށް ނުފެނި އުޅެން ޖެހުމުން ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް މިއަދުގެ ހާލަތު ތަންދެނީ އެގޮތަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުން އިންތިޒާމުކުރާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން އާއްމުންގެ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ނަޝީދަށް ދެއްވަމުން ގެންދަވާ ސެކިއުރިޓީގެ ސަބަބުން ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް ދިރިހުރުމަށް އެދިވަޑައިގަންނަވާތީ ސަލާމަތާއި ރައްކާތެރިކަން އެ މަނިކުފާނު ވެސް ބޭނުންފުޅު ކަމަށެވެ.
އާއްމު މީހަކު ސުވާލު ކުރީ، މެންދުރު ސްކޫލް ނިމޭ ގަޑިއާ ދިމާކޮށް، ކެނެރީގޭ ހުންނަ މަގު ޓޭޕް އަޅާ ތިންހަތަރު ގަޑިއަށް ބަންދުކޮފައި ބަހައްޓަނީ، އެ ހިސާބުގައި އުޅޭ އާންމު ރައްޔިތުން އަދި ސްކޫލްތަކަށްދާ ކުޑަކުދިންނަށް ޖެއްސުން ކުރަންތޯއެވެ.
"އަޅުގަނޑު ވަރަށް ދެރަ ވެސްވޭ، އަދި އަޅުގަނޑު އެއްވެސް އިރެއްގައި ދިރިއުޅެން ބޭނުންވެފައި ހުރި ގޮތެއް ވެސް ނޫން އެއީ ވަކިވެފައި، އެއްކައިރިކޮށްފައި، މީހުންނަށް ނުފެންނަ ގޮތަށް އަޅުގަނޑަށް އުޅެން ޖެހުން." ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ވެސް އެދެން އަޅުގަނޑުގެ ސަލާމަތާއި، އަޅުގަނޑުގެ ރައްކާތެރިކަން. އެހެން ނަމަވެސް އަޅުގަނޑުވެސް ނޭދެން އެހެން ބަޔަކަށް އުދަނގޫތަކެއް ވާކަށް."
ރައީސް ނަޝީދު ވިދާޅުވީ، އެ ސުވާލަށް ވުރެ، ކުރުން އައުލާކަން ބޮޑު ސުވާލަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ އުއްތަމަ ފަނޑިޔާރު، ޓެރެރިޒަމްގެ ޝިކާރަކަށް ދޫކޮށް އެއީ، ރައްޔިތުންގެ މަސްލަތަށް އެންމެ ރަނގަޅު ގޮތްތޯއެވެ. އަދި ދިވެހި ދައުލަތް އޭގެ އެންމެ މަތީ ހައިބަތުގައި ހިންގުމަކީ ރައްޔިތުން އެދޭނެ ގޮތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް، މެއި ހައެއްގައި ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. ރައީސް ނަޝީދު ހުންނެވުމަށް ވަކިން ޚާއްސަ ގެކޮޅެއް، ސަރުކާރުން މިހާރު ވަނީ ދެއްވައިފައެވެ. މުރައިދޫގެއަށް ބަދަލުވުމުގެ ކުރިން ރައީސް ނަޝީދު ހުންނެވީ ހޮޓަލް ޖެންގައެވެ. ޖެންގައި ހުންނެވުމަށް ދުވާލަކަށް 33،000 ރުފިޔާ ދައުލަތުން ވަނީ ހަރަދުކުރައްވައިފައެވެ.
އަންނިއަކީީ މީހެއްގެެ ސަމާލުކަންް ހޯދަންް ކޮންމެފަދަަ ކަމެއްވެސްް ކޮއްފާނެމީހެއްކަމައްް ވަރައްގިނަބަޔަކުބުނޭޭ އެއީފަހަރެއްގައިވެސްް އެމީހެއްް ނުވަތަަ އެބަޔަކައްް ރަގަޅައްކުރާކަމެއްނޫންކަމަށާއިި އެއީީ ހަމައެކަނިި އަންނިގެެ ފައިދާއާއިި ލާބަހޯދުމައްް ޖަހާަ ސްޓަންޓްތައްް ކަމައްވެސްް ބުނެއުޅޭޔަލޯލަ