Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަގަހަ ޖަލްސާއެއް މިރޭ 9 ޖަހާއިރު

ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަގަހަ ޖަލްސާއެއް މިރޭ 9 ޖަހާއިރު

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބައިވެރިވެ ވަޑައިގަންނަވާ ޖަގަހަ ޖަލްސާއެއް މިރޭ ބާއްވަން އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ޖަލްސާ އޮންނާނީ ޕީޕީއެމް އޮފީހުގައެވެ. މިއީ ދެ އަހަރަށް ފަހު ރައީސް ޔާމީން ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަދައްކަވާ ފުރަތަމަ ފަހަރެވެ.

މިނިވަންވެވަޑައިގެން ، ރައީސް ޔާމީން ރޭ ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން މަޖިލީހުގެ ކުރީގެ މެންބަރުންނާއި އިދިކޮޅު ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނާ ބައްދަލު ކުރައްވައިފައެވެ.

Advertisement
Allied — Dhen Online (box)

އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވެސް އިދިކޮޅުން ވަނީ ނިންމައިފައެވެ.

ރައީސް ޔާމީންނަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް، އިއްޔެ ސްޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ. މިއާ އެކު، ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ފަހިވެގެންދާނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް