Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ދެ ބިދޭސީން ހޯދަނީ

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ދެ ބިދޭސީން ހޯދަނީ
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅައިފައިވާ ގަވާއިދާ ޚިލާފަށް ބޭރުފައިސާ ގަނެ ވިއްކައި، ސައްހަ ނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު އިޤްބާލް ހޮސައިން (ޕާސްޕޯޓް ނަންބަރު EE0669802)އާއި ޝޮހެލް (ޕާސްޕޯޓް ނަންބަރު BC0463544) އެވެ. ފުލުހުން ވިދާޅުވީ އެދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް