ހުއްދަ ނެތި ގެޔަކަށް ވަން މީހަކަށް ތިން މަހުގެ ޖަލު ހުކުމެއް

ހއ. ދިއްދޫ ގެޔަކަށް ހުއްދަ ނެތި ވަން މީހެއް ތިން މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދިއްދޫ ރަށު ދޮންފަތްބަގީޗާގެއަށް ހުއްދަ ނުހޯދާ ވަން މައްސަލައިގައި ހުކުމްކޮށްފައި ވަނީ، އެ ރަށު މާފޮޅޭގެ، އަލީ އިމްރާންގެ މައްޗަށެވެ.
ހުއްދަ ނޫން ތަނަކަށް ވަންނަ މީހުންނަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅައިފައިވާ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. އޭނާގެ މައްޗަށް ހުކުމް ލުއިކޮށްދީފައި ވަނީ މައްސަލައަށް އަމިއްލައަށް އިޢުތިރާފް ވުމުން ކަމަށް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ 21 ޖެނުއަރީ 2018ގައެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ، ގޭގެ ވެރިފަރާތުގެ ހުއްދަ ނުހޯދައި އެގެއަށް ވަދެފައިވުމުން އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.





.webp)

ކޮމެންޓް