Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮލިޓީ ދަށް ވެގެން އައިވީގެ ބާވަތެއް ވިއްކުން މަނާކޮށްފި

ކޮލިޓީ ދަށް ވެގެން އައިވީގެ ބާވަތެއް ވިއްކުން މަނާކޮށްފި

ފެންވަރު ދަށްވުމުގެ ސަބަބުން އައިވީ ޕްރޮޑަކްޓެއް ކަމަށްވާ "RL" އައިވީ ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން އާންމުކުރި ބަޔާނެއްގައި ވިދާޅުވީ، ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ އާރްއެލް އައިވީގެ ކޮލިޓީ މައްސަލަތަކެއް އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މި ބާވަތުގެ އައިވީ ޕްރޮޑަކްޓް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުމަކީ މަނާ ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްއެފްޑީއޭއިން އިތުރަށް ވިދާޅުވީ މައްސަލަ ދިމާވެފައިވާ އައިވީއަކީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބާވަތެއް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި އެ ވައްތަރުގެ އައިވީ ހުރި ނަމަ އެމްއެފްޑީއޭއަށް އެންގުމަށް ވެސް އެދިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް